ENGLISH
22 އޭޕްރީލު 2025
މިދިޔަ ސަރުކާރުގެ ވެރިކަމަކީ ރާއްޖެއަށް އެންމެ ގެއްލުންބޮޑު ފަސް އަހަރު: މެންބަރު މުޞްޠަފާ
20 ޖެނުއަރީ 2025
|
މިދިޔަ ސަރުކާރުގެ ވެރިކަމަކީ ރާއްޖޭގެ ރައްޔިތުންނާއި ދިވެހި ރާއްޖެއަށް އެންމެ ގެއްލުން ބޮޑު ފަސް އަހަރު ކަމަށް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރ މުޙައްމަދު މުޞްޠަފާ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، މުޞްތަފާ ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ފުރަތަމަ ދައުރަށްވުރެ ވެސް މިދިޔަ ދައުރު ވެރިކަން ކުރިގޮތް ގޯސް ކަމަށެވެ.
"މިދިޔަ ފަސް އަހަރު ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި ވެރިއަކު ހިންގާނެ އެންމެ ނޭއްގާނީ ކަންކަން، ދިވެހި ރައްޔިތުންނަށް އެންމެ އަސަރު ހުރި ކަންކަން ކުރެވިގެންދިޔަ. ދިވެހި ޤަމަށް އެންމެ ޣައްދާރީ ވެރިކަމެއް ކުރެވިގެން ދިޔަ ދަރުރަށް މިދިޔަ ފަސް އަހަރު ވެގެންދާނެ،" މުސްތަފާ ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ ބޮޑެތި ޚިޔާނާތްތައް ފާހަގަކުރައްވާ، މުޞްތަފާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެމްޑީޕީ ވެރިކަމަށް ގެނައުމަށް މިހާރު ބޭނުންނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޚައްމަދު މުޢިއްޒު މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދެއްވާފައިވާ މުހިންމު ކަންކަން ރައްޔިތުން ބަލައިގަނެ، ދިވެހި ރައްޔިތުން މިހާރު ތިބީ އެމަނިކުފާނާ އެކު ކަމަށެވެ.