ENGLISH
22 އޭޕްރީލު 2025
ސަޢުދީން ރާއްޖެ އަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
20 ޖެނުއަރީ 2025
|
މާލޭގެ ރައްޔިތުންނަށް ކަދުރު ބެހުމުގެ މަސައްކަތް ކުރިޔަށްދަނީ އިސްލާމީ މަރުކަޒުގައި. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ސަޢުދީ ޢަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ފައްޓަވައިފިއެވެ.
މި މަސައްކަތް މިއަދު ފެއްޓެވިއިރު، މާލެ އާއި ހުޅުމާލެ އާއި ވިލިމާލެއަށް ކަދުރު ބަހާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ދޭ ގޮތަށް ހަމަޖެހިފައިވާއިރު، ގޭބިސީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެ ގޭބިސީއެއްގެ ކަރަންޓް މީޓަރުގެ ނަންބަރަށް ބަލައި އަދި ކަދުރާ ހަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައި ކަމަށް އިސްލާމީ މިނިސްޓްރީއިން ވިދާޅުވެފައިވެއެވެ.
ރަށްރަށުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.
މާލެ ސަރަހައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ 20 ޖަނަވަރީ 2025 ވަނަ ދުވަހުން ފެށިގެން 06 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށެވެ.
މީގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރަމަޟާން މަހުގެ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ވެސް ކަދުރު ދޭ ގޮތަށް މިފަހަރު ހަމަޖައްސާފައިވާއިރު، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ވުޒާރާގައި ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިވކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިއަހަރު ސަޢުދީ ޢަރަބިއްޔާއިން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.
ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ސައުދީން 7،000 ޓަނަށްވުރެ ގިނަ ކަދުރު 40 އަށް ވުރެ ގިނަ އިސްލާމީ ގައުމަށް ހަދިޔާކުރެއެވެ.