ENGLISH

22 އޭޕްރީލު 2025

Advertisement

ގޭގައި ގެންގުޅޭ މެއިޑަކު ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި

20 ޖެނުއަރީ 2025

|

ޢަލީ ޝާހީން

މާލޭގެ ގޭއެއްގައި ގެނގުޅޭ ނޭޕާލްގެ އަންހެނަކު ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. 

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، މާލޭގައި ތިން އަހަރުގެ ކުޑަކުއްޖަކަށް އެ ގޭގައި އުޅޭ ނޭޕާލްގެ އަންހެނަކު އަނިޔާކުރި މައްސަލައެއް މި މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. 

މީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު ވަނީ މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑްގައި ތައުލީމު ހާސިލްކުރާ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޓީޗަރަކު ޖިސްމާނީ އަނިޔާ ކުރިކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު