ENGLISH
05 ޖުލައި 2025
ޕީއެންސީއަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރާ ޕާޓީއެއްކަން ރައްޔިތުންނަށް މިހާރު އެނގޭ: މެމްބަރު އައިފާން
20 ޖެނުއަރީ 2025
|
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އައިފާން
ޕީއެންސީއަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރާ ޕާޓީއެއްކަން ރައްޔިތުންނަށް މިހާރު އެނގޭ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައިފާނު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް އެންޓި ޑިފެކްޝަން ޤާނޫނަކީ އޮންނަންޖެހޭ ޤާނޫނެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ.
"މިސާލަކަށް ބައްލަވާ ރައީސް ޔާމީނުގެ ވެރިކަމުގައި އެންޓި ޑިފެކްޝަން ޤާނޫނު ފާސްކުރެވި، 12 މެމްބަރެއްގެ ގޮނޑިވެސް ގެއްލިގެން ދިޔަ. ދެން އޭގެ އިތުރުން ރައީސް ޔާމީނުގެ ވެރިކަން ބަދަލުވެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންޓި ޑިފެކްޝަން ޤާނޫނު އުވާލިތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަން ބަދަލުވެ ރައީސް މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އަނެއްކާ ވެސް އަލުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސުޕާރ މެޖޯރިޓީ އޮތް މަޖިލީހަކުން އެންޓި ޑިފެކްޝަން ޤާނޫނު އަލުން ވުޖޫދުކުރި ތަން. " - މެމްބަރު އައިފާނު
މީގެ އިތުރުން، މެމްބަރު އައިފާނު ވިދާޅުވީ އެންޓި ޑިފެކްޝަން ޤާނޫނުގެ ސަބަބުން މަޖިލިސް މެމްބަރުންގެ ނަޒާހަތްތެރިކަމާ މެދު ޝައްކު އުފެއްދުމުގެ ޖާގަ އިދިކޮޅަށް ނުލިބޭނެ ކަމަށާއި ވައްކަމާއި ކޮރަޕްޝަނަށް މި ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށެވެ.