ENGLISH
22 އޭޕްރީލު 2025
ގަބުރު ނަގަން ކޮންނަނިކޮށް ކާށިދޫގެ ކުރީގެ ހުކުރު މިސްކިތުން ފެނުނު ތަރާގަނޑު ދިރާސާކުރަން ފަށައިފި
20 ޖެނުއަރީ 2025
|
ކ. ކާށިދޫ ކުރީގެ ހުކުރު މިސްކިތުގެ ތަޅުންގަނޑު ދަށުން ފެށުނު ތާރީޚީ ސަރަހައްދު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދަނީ.
ގަބުރު ނަގަން ކޮންނަނިކޮށް ކ. ކާށިދޫ ކުރީގެ ހުކުރު މިސްކިތުގެ ތަޅުންގަނޑު ދަށުން ފެނުނު ތާރީޚީ ސަރަހައްދު ދިރާސާކުރުމުގެ މަސައްކަތް، ދިވެހި ބަހާއި ތާރިކައާ ބެހޭ ވުޒާރާއިން ފައްޓަވައިފިއެވެ.
ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރު ކާށިދޫގެ ކުރީގެ ހުކުރު މިސްކިތުގެ ތަޅުންގަނޑު ދަށުން ފެނުނު ތަރާގަނޑު ދިރާސާކުރުމަށް މީގެކުރިން މާބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ކާށިދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް އެ ސަރަހައްދު ދިރާސާ ކުރުމަށް ފަންނީ ތަޖުރިބާކާރުން ހަމަޖެހުނީ މި އަހަރުއެވެ.
ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ ދިރާސާގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އާއި ދިވެހިބަހުގެ އެކެޑަމީ އަދި މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސާރވޭއިން ބައިވެރިވެއެވެ.
ކ. ކާށިދޫ ކުރީގެ ހުކުރު މިސްކިތުގެ ތަޅުންގަނޑު ދަށުން ފެށުނު ތާރީޚީ ސަރަހައްދާ ބެހޭ މަޢުލޫމާތު ސްކޫލް ދަރިވަރުން ހޯދަނީ.
ކާށިދޫ ބާ ހުކުރު މިސްކިތުގެ ތަޅުމުގެ އަޑިން މިހާރު ކޮނެފައިވާ ސަރަހަދުގެ ފޮޓޯތަކުން ފެންނަނީ ހިރިގަލުގެ ބިންގަލެއްގެ ބައިތަކެއް ކަމަށް ބެލެވެއެވެ. އެ ސަރަހައްދާ ބެހޭ އިތުރު މަޢުލޫމާތެއް އަދި ނޭނގެއެވެ. ރާއްޖޭގެ އެންމެ މުހިންމު އަދި އެންމެ މަޝްހޫރު ކުރުހިންނަ ތަރާގަނޑު އޮންނަނީ ވެސް ކާށިދޫގައެވެ.
ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދާ ދިރާސާތަކުގައި ބޭރުގެ ދެ ޔުނިވާސިޓީއެއްގައި ތައުލީމު ހާސިލުކުރާ ދިވެހި ދެ ދަރިވަރުން ބައިވެރިވާއިރު، މި މަސައްކަތުގެ ތެރޭގައި ބިމުގެ އަޑީގައި ހުންނަ އާސާރީ ތަކެއްޗާމެދު ފަންނީ ގޮތުން އަމަލުކުރަންވީ ގޮތާ، އެކަމުގެ އަސާސީ މިންގަނޑުތައް ބައިވެރީންނާ ހިއްސާކުރެވޭނެއެވެ. މިހާރު ކުރިއަށްދާ ދިސާރާތަކުގައި ކ. އަތޮޅު މަދަރުސާގެ ގްރޭޑު 2 އާއި ގްރޭޑް 4 އަކާ ދެމެދުގެ ގާލްގައިޑް 40 ދަރިވަރަކު، ޕްރޮގްރާމް ހިނގަމުންދާ ސަރަހައްދަށް ޒިޔާރާތްކޮށް މަޢުލޫމާތު ހޯދާފައިވެއެވެ.