ENGLISH
22 އޭޕްރީލު 2025
މިދިޔަ ސަރުކާރުގެ ދުވަސްވަރު، ޓްރާންސްޕޯރޓް މިނިސްޓްރީގެ ޚިދުމަތްތައް އޮތީ ބޮއްސުންލާފައި: ރިޕޯރޓް
20 ޖެނުއަރީ 2025
|
ކުރީގެ ޓްރާންސްޕޯރޓް މިނިސްޓަރ އައިޝަތު ނަހުލާ (މ) އާއި އެ މިނިސްޓްރީގެ އޭރުގެ އިސް ބައެއް ވެރިން. -- ފައިލް ފޮޓޯ/ މަޖިލިސް
މިދިޔަ ސަރުކާރުގެ ދުވަސްވަރު، ޓްރާސްޕޯރޓް މިނިސްޓްރީން ފޯރުކޮށްދީފައިވާ ޚިދުމަތްތަކާ އަދި ޚިދުމަތް ދިން ގޮތާއި ގުޅޭ ޕާފޯރމަންސް އޮޑިޓެއް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހައްދަވައި މިދިޔަ ހަފުތާގައި ވަނީ އާންމު ކުރައްވައިފައެވެ.
މި އޮޑިޓަށް މައުލޫމާތު އެއްކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2022 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށެވެ. އެ ދުވަސްވަރު ޓްރާންޕޯރޓް މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ، އައިޝަތު ނަހުލާއެވެ.
ވިހި ސަފުހާގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާ ތަރައްޤީ ކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ ޓްރާސްޕޯރޓް މިނިސްޓްރީއާ އެވެ. އަދި މިނިސްޓްރީގެ އަމާޒަކީ އެއްގަމާއި ކަނޑު ދަތުރުފަތުރާ ގުޅޭގޮތުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އެކަށީގެންވާ އަވަސްމިނެއްގައި ރައްޔިތުން ބަލައިގަންނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުނުމެވެ.
ޓްރާސްޕޯރޓްގެ ޚިދުމަތް ރަނގަޅު ކުރުމަށް 2022 ގައި ސާވިސް ޗާޓަރެއް ތާއާރަފުކުރިއެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށް ދިނުމަށް ތަފާތު 7 ޕޯޓަލެއް ބޭނުންކުރެއެވެ. ނަމަވެސް އެ ސިސްޓަމްތައް އެކަތި އަނެއްކައްޗާއި ނުގުޅުމުގެ ސަބަބަން ޚިދުމަތް ދިނުމުގައި އިތުރު މަސައްކަތް ކުރަންޖެހި ވަގުތު ހޭދަވެއެވެ.
އޮޑިޓަށް ފާހަގަ ކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި
ކުރީ ސަރުކާރުގެ ޓްރާންސްޕޯރޓް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޚިދުމަތްތައް ރަނގަޅު ކުރުމަށް މަސައްކަތް ނުކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ދަށްވެ، އާންމުން މިނިސްޓްރީއަށް އިތުބާރުކުރާ މިންވަރު އޮތީ ދަށްވެފައެވެ. މިނިސްޓްރިއާ މެދު އާންމުންގެ އިތުބާރު އުފެއްދުމަށްޓަކައި، މި ކަންކަން އިސްލާހުކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާ ދެއްވާފައެވެ.