ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މިދިޔަ 48 ގަޑިއިރުތެރޭ މަސްވެރިންނަށް 4.1 މިލިޔަން ރުފިޔާ ދޫކޮށްފި

20 ޖެނުއަރީ 2025

|

ނަޒާހާ އިބްރާހީމް

ރައީސުލްޖުމްހުރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ވޭތުވެދިޔަ 48 ގަޑިއިރުތެރޭ މަސްވެރިންނަށް 4.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯ ވިދާޅުވެއްޖެއެވެ.

ވޭތުވެ ދިޔަ 48 ގަޑިއިރު ތެރޭ 347 މެޓްރިކު ޓަނުގެ މަސް 81 ދޯނިން ގަނެފައިވާއިރު، މުޅި ޖުމްލަ 4.1 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާކޮށްފައިވާ ކަމަށް މިފްކޯ އިން މައުލޫމާތު ދެއްވައެވެ.

މިފްކޯގެ މަރުކަޒުތަކަށް މަސް ގަތް ތަފްސީލް:

  • ފެލިވަރު: 53.28 ޓަން
  • ކޫއްޑޫ ފިޝަރީޒް: 252.93  ޓަން
  • އައްޑޫ ފިޝަރީޒް ކޮމްޕެލެކްސް: 40.46 ޓަން

މަސްވެރިންނަށް ފައިސާ ލިބުން ލަސްވާ މައްސަލައަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޙައްލެއް ހޯއްދަވައިދެވުމުގެ ސަބަބުން މަހަށް ނުކުންނަ ދޯނިފަހަރު ވެސް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު