ENGLISH

22 އޭޕްރީލު 2025

Advertisement

ހަތަރު ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފި

20 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

އާ މަގާމުތަކަށް އައްޔަނުކުރެވުނު ވަޒީރުން (ފޮޓޯ/ ރައީސް އޮފީސް)

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކުގެ ދަށުން އަލަށް މަގާމުތަކަށް އައްޔަނުކުރެވުނު ހަތަރު ވަޒީރުންނަށް ވެސް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އެ ހަތަރު ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކުރީ ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

މިދިޔަ ޑިސެމްބަރު މަހު އަލަށް މަގާމުތަކަށް އައްޔަނުކުރެވުނު ބޭފުޅުންނާއި މަޖިލީހުން ދެއްވި ވޯޓު:

  • މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ކަމަށް، ތ. ބުރުނި، ނިވައިދޮށުގޭ މޫސާ ޒަމީރު- ރުހުން ދިނުމަށް ފެންނަ ކަމަށް 69 މެމްބަރުން ވޯޓު ދެއްވި.
  • މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ކަމަށް، މއ. ވެނީލާގެ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު- ރުހުން ދިނުމަށް ފެންނަ ކަމަށް 63 މެމްބަރުން ވޯޓު ދެއްވިއިރު، ރުހުން ދިނުމާ ދެކޮޅަށް 6 މެމްބަރުން ވޯޓު ދެއްވި.
  • މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ކަމަށް، މއ. މާރާދަގެ، ޑޮކްޓަރ މަރްޔަމް މާރިޔާ- ރުހުން ދިނުމަަށް ފެންނަ ކަމަށް 70 މެމްބަރުން ވޯޓު ދެއްވި
  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް، ގދ. ފިޔޯރީ، ގުލްބަކާގެ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބު- ރުހުން ދިނުމަށް ފެންނަ ކަމަށް 70 މެމްބަރުން ވޯޓު ދެއްވި.

މި ބަދަލުތަކާ އެކު، ކުރިން ބޯހިޔާވަހިކަމާއި ޕްލޭނިންގެ މެންޑޭޓު އޮތް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ވަނީ އުވާލައްވައިފައެވެ. ޕްލޭނިންގެ މެންޑޭޓު ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައިވާއިރު ބޯހިޔާވަހިކަމުގެ މެންޑޭޓު މިހާރު އޮންނަނީ ކޮންސްޓްރަކްޝަން މިނިސްޓްރީއަށެވެ

ކިޔުންތެރިންގެ ހިޔާލު