ENGLISH
22 އޭޕްރީލު 2025
އޭސީސީއަށް އައްޔަނުކުރަން ދެ ބޭފުޅެއްގެ ނަން ކޮމިޓީއަށް
20 ޖެނުއަރީ 2025
|
އެންޓި ކޮރަޕްޝަން ކޮމިޝަން (ފޮޓޯ/ މެންދުރު)
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުސްވެފައިވާ ދެ މަޤާމަށް އައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތައް ކަމާ ގުޅޭ ކޮމިޓީއަށް ފޮނުއްވައިފި އެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި އެސީސީގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގެންނެވި ދެ ނަމެއް އަމީން އާއްމު ވަނީ ތަޅުމަށް އިއްވަވައިފަ އެވެ. އެއީ:
އެ ނަންތައް ތަޅުމުގައި އިއުލާނުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
އޭސީސީގެ ދެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހުންނެވި އަބްދުއް ސަލާމާއި މެމްބަރަކަށް ހުންނެވި ތޯހާ މުހައްމަދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްތިއުފާދެއްވުމުން ނެވެ. އެ މެމްބަރުން އިސްތިއުފާ ދެއްވީ، ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ނިންމައި، އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލީހުން ތައްޔާރުވެފައިވަނިކޮށެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އޭސީސީގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއާއި މެމްބަރުން ކަމަށްވާ ޝިޔާމާ މުހައްމަދާއި ޝަޒްނާ ހާޝިމެވެ.