ENGLISH

22 އޭޕްރީލު 2025

Advertisement

ޝުޢައިބު އަވަހާރަވުމާ ގުޅިގެން ޝަރުޢީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

19 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ޝުއައިބު: އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި -- ފޮޓޯ: ސޯޝަލް މީޑިއާ

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޢައިބު ޙަސަން ޒަކަރިއްޔާ އަވަހާރަވުމުގެ ހިތާމައިގައި ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރައްވަން ނިންމަވައިފި އެވެ.

ފަނޑިޔާރު ކަމުގެ ހިދުމަތް 20 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި ޝުޢައިބު އަވަހާރަވީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

ސުޕްރީމް ކޯޓުން މިރޭ ވިދާޅުވި ގޮތުގައި، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ އެންގެވުމުގެ މަތީން ކޯޓުތަކުގައި ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރާނީ މާދަމާ އިރުއޮއްސި 6:00 ޖަހަންދެނެވެ.

އުމުރުން 55 އަހަރުގައި އަވާހަރަވި ޝުޢައިބުގެ ކަށު ނަމާދު އޮންނާނީ މިރޭ 11 ޖަހާއިރު އާ ސަހަރާގަ އެވެ.

ހައި ކޯޓުގައި 11 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ޝުޢައިބު ރިޓަޔަރ ކުރެއްވީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް އޮފް ކޮމްޕަރޭޓިވް ލޯ ވެސް ހައްދަވައިފައިވާ ޝުޢައިބު ވަނީ ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަމާއި، ފެމިލީ ކޯޓުގެ ގާޒީގެ މަގާމާއި މަދަނީ ކޯޓާއި ކުޑަކުދިންގެ ކޯޓުގެ އިސް ގާޒީގެ މަގާމު ފުރުއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު