ENGLISH

22 އޭޕްރީލު 2025

Advertisement

މާލެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވެއްޖެ

19 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

މާލޭގައި ވެހިކަލް ދުއްވަނީ: ސިއްހަތަށް ނުރައްކާ މިންވަރަށް މާލެ ސަރަހައްދުގެ ވައި ވަނީ ނުސާފުވެފައި -- ފޮޓޯ: ސޯޝަލް މީޑިއާ

މާލެ ސަރަހައްދުގައި ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވުމުގެ ސަބަަބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރައްކާތެރި ކަމަށް ސަމާލުކަން ދޭން އާންމުކޮށް އިލްތިމާސް ކުރައްވައިފިއެވެ. 

މި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ޖައްވު ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފަ އެވެ. މިހެން ކަމުން މިއަދު އެޗްޕީއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މި ހާލަތުގައި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާއި ކުރަންވީ ބައެއް ކަންކަމުގެ ލިސްޓެއް ވެސް ނެރުއްވާފައެވެ. 

އެގޮތުން، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމާއި ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކެއް އެޅުން، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން، ތުއްތު ކުދިން ބޭރަށް ނުނެރުން، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން އަދި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ކަހަލަ ކަންތައްތައް މަޑުޖައްސާލުން ހިމެނެ އެވެ.

މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ނުރައްކާތެރި މިންވަރަކަށް މަތިވެފައިވާ ކަމަށް ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކަ އެވެ. ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މި ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 156 ގަ އެވެ. އެއީ ސިއްހަތަށް ވަރަށް ނުރައްކާތެރި މިންވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު