ENGLISH
22 އޭޕްރީލު 2025
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޢައިބު އަަވަހާރަވެއްޖެ
19 ޖެނުއަރީ 2025
|
ޝުއިބު: ކަށު ނަމާދު އޮންނާނީ މިރޭ 11 ޖަހާއިރު
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބް ހަސަން ޒަކަރިއްޔާ އަވަހާރަވެއްޖެ އެވެ.
އެނގިފައިވާ ގޮތުން ޝުއައިބު އަވަހާރަވީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.
އުމުރުން 55 އަހަރުގައި ޝުއައިބު އަވާހަރަވީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާގެ ކަށު ނަމާދު އޮންނާނީ މިރޭ 11 ޖަހާއިރު އާ ސަހަރާގަ އެވެ.
ހައި ކޯޓުގައި 11 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ޝުއައިބު 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯވެސް ހައްދަވައިފައިވާ ޝުއައިބު ވަނީ ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަމާއި، ފެމިލީ ކޯޓުގެ ގާޒީގެ މަގާމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީގެ މަގާމު ފުރުއްވާފަ އެވެ.