ENGLISH

22 އޭޕްރީލު 2025

Advertisement

މާލޭގެ މަދަނީ ޖަމްޢިއްޔާތަކާ ވަޒީރު އިބްރާހިމް ވަހީދު ބައްދަލު ކުރައްވައިފި

19 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ވަޒީރު އިބްރާހިމް ވަހީދު މާލޭގެ މަދަނީ ޖަމްއިއްޔާތަކާއި ބައްދަލުކުރަންވެމުން ބޭއްވި ބައްދަލުވުން.

މާލޭގެ މަދަނީ ޖަމްއިއްޔާތަކާ، ޒުވާނުން ބާރުވެރިކުރުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ވަހީދު ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ޒުވާނުންގެ އިތުރުވެހި (ކުރީގެ މުލިއާގެ ވެހިކަލް ގަރާޖު)ގައި އިއްޔެ ހަވީރެވެ.

މި ބައްދަލުކުރެއްވުމުގައި 100 އަށް ވުރެ ގިނަ މަދަނީ ޖަމްއިއްޔާއަކުން ބައިވެރިވެފައިވެއެވެ.

މާލޭގެ މަދަނީ ޖަމްއިއްޔާތަކާ ވަޒީރު ބައްދަލުކުރެއްވިއިރު މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ ޢިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.

މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ޤައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާކުރުމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަހީދު ވިދާޅުވީ ޒުވާނުންގެ އިތުރުވެހިގެ މަސައްކަތް ނިމުމުން މަދަނީ ޖަމްއިއްޔާތަކުގެ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު