ENGLISH
22 އޭޕްރީލު 2025
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ 62 މުވައްޒަފުން ބައިވެރިވާ ތަމްރީނު ޕްރޮގްރާމެއް ފައްޓަވައިފި
19 ޖެނުއަރީ 2025
|
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމު.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ 62 މުވައްޒަފުން ބައިވެރިވާ ފަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް މިއަދު ފައްޓަވައިފިއެވެ.
އެ ވުޒާރާއިން ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަވާ މި ތަމްރީނު ޕްރޮގްރާމުގެ ބޭނުމަކީ އެ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމާއި އަދި މާލިއްޔަތު ޤަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިވެ ފެންވަރު ރަނގަޅު ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ތަމްރީނު ޕްރޮގްރާމުގައި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ އެސިސްޓެންޓް ޑިރެކްޓަރުންނާއި، ބަޖެޓްގެ މަސައްކަތް ކުރާ މުވައްޒަފުން ބައިވެރިވެއެވެ. އަދި އިސްރަށްވެހިންގެ ނާދީ، ފިޔަވަތި އަދި ވިލިނގިލީ އިޖުތިމާޢީ މަރުކަޒުގެ އިދާރީ މަސައްކަތް ކުރާ މުވައްޒަފުން ވެސް މި ތަމްރީނުތަކުގައި ބައިވެރިވެއެވެ. ރާއްޖޭގެ 19 އަތޮޅެއްގައި ޚިދުމަތްދޭ އެ ވުޒާރާގެ މުވައްޒަފުން މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެއެވެ.