ENGLISH

06 ޖުލައި 2025

Advertisement

ވައި ނުސާފުވެ، ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރައްވައިފި

19 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ. 

މާލޭ ސަރަހައްދުގެ ވައި ނުސާފުވެފައިވާ ކަމަށް ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯރ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކައެވެ. އެގޮތުން ވައިގެ ކޮލިޓީ މިހާރު ހުރީ 156 ގައި ކަމަށް ދައްކައެވެ.

އެޗްޕީއޭއިން އެކްްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 151-200 އާ ދެމެދު ވައިގެ ކޮލިޓީ ހުންނަނަމަ އެއީ ސިއްޙަތަށް ނުރައްކާތެރި ހާލަތެއް ކަމަށެވެ. އަދި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުން ބޭރަށް ނުކުތުމަކީ އެކަށީގެންނުވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. 

އެގޮތުން ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އަދި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި ބޭރަށް ނުކުތުމުގެ ކުރިން މާސްކް އެޅުމާއި ގޭގެ ދޮރު ލައްޕާފައި ބެހެއްޓުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު