ENGLISH

21 އޭޕްރީލު 2025

Advertisement

ރަކި ބުރެކި: އާ ބާވަތެއްގެ މަހެއް ރާއްޖެއިން ފެނިއްޖެ

19 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ރަކި ބުރެކި

މިހާތަނަށް ރެކޯޑް ކުރެވިފައިނުވާ އާ ބާވަތެއްގެ މަހެއް ރާއްޖެ އިން ފެނިއްޖެއެވެ. 

މެރިން ޖާނަލް މޯލްޑިވްސް އިން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ މި މަސް ފެނިފައިވަނީ ބޭރުގެ ސައިންޓިސްޓުންނާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ކުރި ދިރާސާއަކުން ކަމަށެވެ. މި މަސް ފެނިފައިވަނީ އަރިއަތޮޅު އުތުރުބުރިން ފެށިގެން ނިލަންދެ އަތޮޅުގެ އުތުރުބުރީގެ ސަރަހައްދުތަކުގެ ފަޅުތަކުންނެވެ. 

މި މަހަށް ރަކި ބުރެކި ނަން ދިނީ ޑައިވަރުންނަށް ފެންނައިރަށް ފިލާތީ ކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ. ދޭއް ނުވަތަ ތިން އިންޗިއަށް ބޮޑުވާ މި މަސް ފެންނަނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުންނެވެ. 

މި މަސް މިހާތަނަށް ފެނިފައިވަނީ ހަމައެކަނި ދިވެހި ރާއްޖެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު