ENGLISH
06 ޖުލައި 2025
ޚިދުމަތްތައް ހޯދަން ފަސޭހަވާ ގޮތަށް 'ވަން.ގަވް' އަޕްގްރޭޑް ކުރަނީ
19 ޖެނުއަރީ 2025
|
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތާއި ޓްރޭޑްނެޓް މޯލްޑިވްސްގެ ޗެއާމަން ސިޔާހު ޚަލީލް އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި.
ސަރުކާރުގެ އިދާރާތަކުގެ ޚިދުމަތް ހޯދުމުގައި ކިއުގައި ނުޖެހި، ފަސޭހަކަމާ އެކު އެ ޚިދުމަތްތައް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "ވަން ގަވް" ޑިޖިޓަލް ޕްލެޓްފޯމް އިތުރަށް އަޕްގްރޭޑްކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓެޖިސްޓް ސިޔާހު ޚަލީލް ވިދާޅުވެއްޖެ އެވެ.
ޓްރޭޑްނެޓުގެ ޗެއާމަންކަން ވެސް ކުރައްވާ ސިޔާހު ވަނީ، 'އެމްއެމްޓީވީ' ގެ "ބޮޑު ޚަބަރު" ޕްރޮގްރާމަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޑިޖިޓަލް އަމާޒު ހާސިލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލްތައް ހިއްސާކުރައްވާފަ އެވެ.
ސިޔާހު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތަކީ ސަރުކާރުގެ ޑިޖިޓަލް ޕްލެޓްފޯމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ފަސޭހަކަމާ އެކު އެކަންކަން ކުރެވޭ ގޮތް ހަމަޖެއްސުމެވެ.
"ވަން ގަވް 2.0 އަކީ މި ސަރުކާރުގެ ނިމިދިޔަ އެއް އަހަރު ތެރޭގައި ކުރި މަސައްކަތެއް. މީގެ ތެރޭގައި މި ހިމެނެނީ މުޅި ޔޫޒާ އެކްސްޕީރިއެންސަށް އިންޓަފޭސް އެއްކޮށް ބަދަލުކޮށްލުން. އެއީ މި ޒަމާނަށް ފެތޭގޮތަށް، އެންމެ ފަސޭހައިން ޔޫޒާއަށް ވަދެ އިންޓަރެކްޓް ކުރެވޭ ގޮތަށް،" ސިޔާހު ވިދާޅުވި އެވެ.
ސިޔާހު ވިދާޅުވި ގޮތުގައި "ވަން. ގަވް" 2.0 އާއެކު ސަރުކާރުގެ އިތުރު ފަސް އިދާރާއެއްގެ ޚިދުމަތްތައް ވެސް އެ ޕްލެޓްފޯމުން ލިބިގެންދާނެ ކަމަށެވެ. މިހާރުވެސް އެ ޕްލެޓްފޯމުން 14 އިދާރާއެއްގެ ޚިދުމަތް ލިބެ އެވެ.
ވަން. ގަވް 2.0 އާ އެކު އަންނާނެ ބައެއް ބަދަލުތަކަކީ ސިޔާހު ވިދާޅުވި ގޮތުގައި:
ސިޔާހު ވިދާޅުވި ގޮތުގައި ވަން ގަވް އަށް މި ގެނެވެނީ "ޓޯޓަލް އޯވާހޯލް" އެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް އަމާޒަށް ވާސިލުވާން އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"އެހެންކަމުން އަޅުގަނޑު ނުކިޔާނަން މިއަށް އަޕްގްރޭޑެކޭ އިނގޭތޯ. ޓޯޓަލް އޯވާ ހޯލްއެކޭ، މުޅި ސިސްޓަމް އެއްކޮށް ބަދަލުކޮށް އަޅުގަނޑުމެންގެ ރައީސްގެ ޑިޖިޓަލް އަމާޒު ހާސިލުކުރުމަށް އަޅުގަނޑުމެން އެޅި ވަރަށް ބޮޑު ފިޔަވަޅެއް މިއީ،" އޭނާ ވިދާޅުވި އެވެ.