ENGLISH

21 އޭޕްރީލު 2025

Advertisement

އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓްކޮށްލަނީ

19 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު / ފޮޓޯ: އިމިގްރޭޝަން

އާޓިފިޝަލް ބީޗްގައި މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓްކޮށްލަން ނިންމާފައިވާ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

ޝަމްއާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ހުކުރު ދުވަހު އާޓިފިޝަލް ބީޗްގައި ހިންގި މި މާރާމާރީއާ ގުޅިގެން ފުލުހުން، ތިން ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އިމިގްރޭޝަނުން މިހާރު ދަނީ އެ ތިން މީހުން ޑީޕޯޓްކޮށްލުމުގެ މަސައްކަތްކުރަމުން ކަމަށް ވެސް ޝައްމާން ވިދާޅުވެފައިވެއެވެ. 

ޢާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ ޢަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެކަމަށް ވެސް ޝައްމާން ވަނީ ވިދާޅުވެފައެވެ. 

މާރާމާރީގެ މަންޒަރު ވީޑިއޯ ކުރި ދިވެއްސަކަށް ވެސް އެ މީހުން ހަމަލާދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. 

އާޓިފިޝަލް ބީޗުގައި މިދިޔަ ޑިސެމްބަރު މަހު ހިންގި މާރާމާރީއަކާ ގުޅިގެން ވެސް އަވައްޓެރި ގައުމެއްގެ ބަޔަކު ހައްޔަރުކުރި އެވެ. 

ކިޔުންތެރިންގެ ހިޔާލު