ENGLISH
21 އޭޕްރީލު 2025
އީ-ފާސް ދިރާސާކުރަން ތިން ޤައުމަކުން ރާއްޖެ އަންނަނީ
18 ޖެނުއަރީ 2025
|
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތާއި ޓްރޭޑްނެޓް މޯލްޑިވްސްގެ ޗެއާމަން ސިޔާހު ޚަލީލް އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި
ސަރުކާރުގެ ޚިދުމަތްތައް އެއްތަނަކުން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "އީ-ފާސް" ކަމުދިޔަ ތިން ގައުމަކުން، އެ މޮޑެލް ދިރާސާކުރުމަށް މި އަހަރު ތެރޭގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެ އެވެ.
'އެމްއެމް. ޓީވީ' ގެ " ބޮޑު ޚަބަރު" ޕްރޮގްރާމަށް ވަޑައިގެން ޑރ. ކިނާނަތު ވަނީ، ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅިގެން ވާހަކަދައްކަވާފަ އެވެ.
ޑރ. ކިނާނަތު ވިދާޅުވީ ރާއްޖޭގެ ގިނަ ޚިދުމަތްތައް އޮންލައިންކޮށް، އެއްތަނަކުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ "އީ-ފާސް" އެޕްލިކޭޝަންގެ އާކިޓެކްޗާއަށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
"ދެން އެބޭފުޅުން ވެސް (އެ ގައުމުތަކުން) އިންޓްރެސްޓު ވެގެން މިހާރު ތިން ގައުމަކުން ރާއްޖެއަށް ޒިޔާރާތްކޮށް އާކިޓެކްޗާ ހަދާފަ ހުރި ގޮތް ބައްލާލައްވަން ޝައުގުވެރިކަން ފާޅުކޮށްފަވެސް އެބަހުރި." ޑރ. ކިނާނަތު ވިދާޅުވިއެވެ.
ޑރ. ކިނާނަތު ވިދާޅުވި ގޮތުގައި މިހާރު ވެސް ރާއްޖޭގެ 240،000 މީހުން އީފާސް އެޕްލިކޭޝަން ބޭނުންކުރެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ 70 އިންސައްތަ ކަން ފާހަގަކުރައްވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު 100 އިންސައްތަ އަށް އިތުރުކުރުން ކަމަށެވެ.