ENGLISH
19 އޭޕްރީލު 2025
މޮންފިލްސް އަތުން ބަލިވެ، ފްރިޓްޒް ކަޓައިފި
18 ޖެނުއަރީ 2025
|
އޮސްޓްރޭލިއަން އޯޕަންގައި ފްރިޓްޒް ކުޅެނީ. --ފޮޓޯ: ގެޓީ އިމޭޖަސް
އޮސްޓްރޭލިއަން އޯޕަންގެ ގަދަ 32 ގެ ބުރުގައި ފްރާންސްގެ ގައެލް މޮންފިލްސް އަތުން ބަލިވެ، ދުނިޔޭގެ ހަތަރުވަނަ އެމެރިކާގެ ޓޭލާ ފްރިޓްޒް އެ މުބާރާތުން ކަޓައިފިއެވެ.
މިއީ 2022 ވަނަ އަހަރުގެ ފަހުން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ދެވަނަ ހަފްތާގައި މޮންފިލްސް ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި، މިއީ 2008 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތެއްގައި ދުނިޔޭގެ ރޭންކުގެ ގަދަ ފަހެއްގައި ހިމެނޭ ކުޅުންތެރިއަކު އަތުން މޮންފިލްސް މޮޅުވި ފުރަތަމަ ފަހަރު ވެސް މެއެވެ.
މެލްބަންގައި ހުންނަ މާގްރެޓް ކޯޓް އެރީނާގައި ކުޅުނު މެޗުގައި ފްރިޓްޒް އަތުން މޮންފިލްސް މޮޅުވީ ފަހަތުން އަރައި، 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުން އެންމެ ފަހުގެ ޔޫއެސް އޯޕަންގެ ރަނަރަޕް، ފްރިޓްޒް ކުރިހޯދީ 6-3 އިންނެވެ.
އެކަމަކު، އޭގެފަހުން ދެންޖެހިގެން އައި ސެޓުތައް 7-5، 7-6، އަދި 6-4 އިން ކުރި ހޯދައި، މޮންފިލްސް ވަނީ މެޗު ކާމިޔާބުކޮށް، ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފައެވެ.
މި މުބާރާތުގައި މޮންފިލްސް ދެން ކުޅޭ މެޗުގައި ހޯމަ ދުވަހު ނުކުންނާނީ އެމެރިކާގެ ބެން ޝެލްޓަންއާ ދެކޮޅަށެވެ.