ENGLISH

18 އޭޕްރީލު 2026

Advertisement

ތިމާވެށީގެ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިވާތަން ފެނުމަކީ ބޮޑު އުފަލެއް: ޗައިނާ ސަފީރު

18 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ހުޅުމާލޭގައި ކުރިއަށްގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން.

ރާއްޖޭގައި ހިންގޭ ތިމާވެށީގެ އެކިއެކި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވާތަން ފެނުމަކީ ލިބުގެންދާ ބޮޑު އުފަލެއްކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެ އެވެ.

ސަފީރު މިފަދައިން ވިދާޅުވީ ސީ.އެޗް.އީ.ސީ، ސީ.ސީ.ސީ.ސީ އަދި މޯޕާ ގުޅިގެން މިއަދު ހުޅުމާލޭގައި ކުރިއަށްގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. 

ހުޅުމާލޭގައި ކުރިއަށްގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގައި ސަފީރު ބައިވެރިވެވަޑައިގަންނަވަނީ.

މި ހަރަކާތުގެ ފޮޓޯތަކާއެކު ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓުގައި ސަފީރު ވަނީ މި ހަރަކާތުގައި ބައިވެރިވުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވެފަ އެވެ. 

"ދިވެހިރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގައި ކުޑަ މިންވަރަކަށް ނަމަވެސް ހިއްސާވެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ،." ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެންމެން ގުޅިގެން ކުރެވިދާނެ މަސައްކަތެއްކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވި އެވެ. 

ހުޅުމާލޭގައި ކުރިއަށްގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން.

ސަފީރު ވަނީ މިފަދަ ހަރަކާތެއްގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިތަން ފެނިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ސިފަކުރައްވައި ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށްގެންދެވުނު މި ހަރަކާތަކީ ހަމައެކަނި މާނަހުރި މަސައްކަތަކަށް ވުމުގެ އިތުރުން، އެންމެންނަށްވެސް މަޖާ އަދި ހަނދާނުން ފޮހެލަން ދަތި އުފާވެރި ތަޖުރިބާއަކަށް ވެގެންދިޔަކަން ފާހަގަކުރައްވާފަ އެވެ.  

ކިޔުންތެރިންގެ ހިޔާލު