ENGLISH
18 އޭޕްރީލު 2026
ބޮޑުކަންނެލި މަސްވެރިކަން ހިމެނޭހެން މަސްވެރިންނަށް 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
18 އޭޕްރީލު 2026
|
34 ދޯންޏަކުން ކިރުވި މަހަށް، 1.7 މިލިޔަނަށްވުރެ، ގިނަ ރުފިޔާ ޖަމާކޮށްދީފި.--
އެންމެ މަޤްބޫލު
މަސްވެރިން ކިރުވާމަހަށް، 48 ގަޑިއިރުގެ ތެރޭގައި ސަރުކާރުން ފައިސާ ދައްކަމުން އަންނައިރު، 34 ދޯންޏަކުން ކިރުވި މަހަށް، 1.7 މިލިޔަނަށްވުރެ، ގިނަ ރުފިޔާ ޖަމާކޮށްދީފައިވާކަމަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 15 ވަނަ ދުވަހު ބޮޑުކަންނެލީގެ މަސްވެރިކަން ހިމެނޭހެން، 1،727،181.00ރ. (އެއްމިލިއަން ހަތްލައްކަ ހަތާވީސްހާސް އެއްސަތޭކަ އަށްޓިހަ އެއް ރުފިޔާ) ވަނީ މަސްވެރިންނަށް ޖަމާކޮށްދީފައެވެ.
ކަޅުބިލަ މަސްކިރުވި 30 ދޯންޏަކަށް 1718،626.00 ރ. (އެއްމިލިއަން ހަތްލައްކަ އަށާރަހާސް ހަސަތޭކަ ސައްބިސް ރުފިޔާ) ވަނީ ޖަމާކޮށްދީފއިވާއިރު، ދިހަ ކިލޯއަށްވުރެ މަތިން ކަންނެލިކިރުވި ތިން ދޯޏަކަށް، 3،380ރ(ތިންހާސް ތިންސަތޭކަ އައްޑިހަ ރުފިޔާ) އަދި ފަނަރަ ކިލޯއަށްވުރެ މަތިން ކަންނެލިކިރުވި ފަސް ދޯޏަކަށް، 5،175.00ރ. (ފަސްހާސް އެއްސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.
ދުނިޔޭގެ ބާޒާރުގަައި ތެލުގެ އަގަށް އައި ބޮޑު ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ތެލުގެއަގުތަކަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެހެންނަމަވެސް ސަރުކާރުން އަންނަނީ މަސްވެރިންނަށް ދަތިނުވާނެހެން ތެލުގެ އިންތިޒާމަތައް ހަމަޖައްސައި މެނޭޖުކުރަމުންނެވެ.