ENGLISH

06 ޖުލައި 2025

Advertisement

ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތިނުވާގޮތަށް ސްކޫލް ހަރަކާތްތައް ރާވަން އެދިވަޑައިގެންފި

18 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު (ފޮޓޯ/ މިނިސްޓްރީ)

ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތިނުވާ ގޮތަށް ސްކޫލްގެ އިތުރު ހަރަކާތްތައް ރާވައި އިންތިޒާމް ކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް އެދިވަޑައިގެންފި އެވެ.

މިނިސްޓަރު މި އިލްތިމާސް ކުރެއްވީ، ދިރާސީ އަހަރުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ކުރިއަށްގެންދާ ހަރަކާތްތައް ސްކޫލް އެކްޓިވިޓީ ކަލަންޑަރުގައި ހިމެނުމާއި ގުޅޭގޮތުން މުޅިން އަލަށް މިނިސްޓްރީ ފަރާތުން ބޭއްވި ފޯރަމްގައި މިއަދު ވާހަކަދައްކަވަމުން ނެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ، ދަރިވަރުންގެ ކިޔެވުމާއި، އިތުރު ހަރަކާތްތަކާއި ގުޅިގެން ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން، ސްކޫލް ހަރަކާތްތައް ބާއްވާއިރު ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަކަށް އެކަންކަން ރޭވުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރެއްވި އެވެ. ހަމައެއާއެކު، އެ ހަރަކާތްތަކަށް ބެލެނިވެރިންނާއި ޓީޗަރުން ވެސް ވަގުތު ދޭން ޖެހޭއިރު، އެ ފަރާތްތަކަށް ދަތިނުވާ ގޮތަށް ހަރަކާތްތައް ރާވަން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު އެދެނީ ދަރިވަރުންގެ ލާނިން ލޮސް މިނިމައިޒް ވާންޖެހޭ ކަމަށް. ޓީޗަރުންނާއި ދަރިވަރުންގެ ވެލްބީންއަށް ކޮންސިޑާ ކުރެވެންވާނެ ކަމަށް. ޕޭރެންޓް އެންޑް ކޮމިއުނިޓީ ޕާޓިސިޕޭޓް ވާއިރުގައި އެ ޕާޓީސިޕޭޝަންއަކީ ވެސް އެބޭފުޅުންނަށް ވޭނަކަށް ނޯންނަ މިންވަރަށް މިކަން ވާންޖެހޭނެ ކަމަށް. އަދި ދިވެހި ރާއްޖޭގެ ޔުނީކް ޖިއޯގްރެފިކަލް ޑިސްޕާޝަން ކޮންސިޑާ ކޮށްލަންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން ރާއްޖޭގައި ހަރަކާތްތައް ރާވަމުންދާއިރު،" މިނިސްޓަރު ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަށް އިމާދުއްދީން ސްކޫލްގައި ކުރިއަށްގެންދާ މި ފޯރަމްގައި ކުޅިވަރު އެސޯސިއޭޝަންތަކާ، އެކަޑެމީތަކާއި އަދި ކަމާއި ގުޅުންހުރި މިނިސްޓްރީތަކުގެ އޮފިޝަލުން ބައިވެރިވެރިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު