ENGLISH

21 އޭޕްރީލު 2025

Advertisement

ރައީސް ޑރ. މުޢިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއް: ނައިބު ރައީސް

18 ޖެނުއަރީ 2025

|

ނަޒާހާ އިބްރާހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވެފައިވަނީ، ރައީސްގެ ސަރުކާރަށް ފާޑުކިޔައި ސިޔާސީ ފަރާތެއް ދެއްކި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވުން އެއީ ރައްޔިތުންނަށް ޚިދުމަތެއް ކޮށްދެއްވަން ނުކުމެވަޑަންނަވާ ކޮންމެ ވެރިއެއްގެ ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންވާނެ ސިފައެެއް ކަމަށެވެ.

އަދި އެހެންނަމަވެސް ފާޑުކިޔުމުގެ ނަމުގައި ދިވެހި ރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާ ދުރު ބައެއް ކަމަށް ބުނެ، ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށު ދަރައިގެ ޢަމަލެއް ކަމަށް ނައިބު ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު