ENGLISH

19 އޭޕްރީލު 2025

Advertisement

ދިވެހި ސާރފް ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" ކެންސަލްކޮށްފި

18 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

މިދިޔަ އަހަރުގެ ދިވެހި ސަރފް ލީގުގެ ތެރެއިން. --ފޮޓޯ: އެމްއެސްއޭ

ދިވެހި ސާރފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ، "ކަޅެގަލެކޮޑާ" ކެންސަލްކޮށްފައިވާ ކަމަށް މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އިން ބުނެފިއެވެ.

އަންނަ ފެބުރުއަރީ މަހު 5 އިން 8 އަށް ގދ. ގައްދޫގައި ބޭއްވުމަށް ހަމަޖެހިފައި އޮތް "ކަޅެގަލެކޮޑާ" ކެންސަލްކުރީ އެ ރަށު ކައުންސިލްގެ މާލީ ހާލަތު ހުރިގޮތުން މި އަހަރުގެ މުބާރާތް ބޭއްވުމުގައި އެހީތެރިކަންދެވެން ނެތުމުންނެވެ.

އެމްއެސްއޭ އިން ނެރުނު ބަޔާނުގައި ވަނީ، މީގެ ކުރީ އަހަރުތަކުގައި އަމާން އޮމާންކަމާއި، ކާމިޔާބުކަމާއެކު "ކަޅެގަލެކޮޑާ" މުބާރާތް ބޭއްވުމުގެ ފަހަތުގައި ގައްދޫ ކައުންސިލްގެ ވަރަށް ބޮޑު ހިއްސާއެއްވާ ކަމަށެވެ. އަދި، ދިވެހި ސާރފް ލީގު ވުޖޫދަށް ގެނައުމުގައި ވެސް އެ ރަށަކީ މުހިއްމު ބައިވެރިއެއްކަމަށް ވެސް އެމްއެސްއޭ އިން ވަނީ ބުނެފައެވެ.

އެމްއެސްއޭ އިން ބުނީ، ގައްދޫ ކައުންސިލަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަނެ، އަންނަ އަހަރުގެ "ކަޅެގަލެކޮޑާ" މުބާރާތަކީ ކުލަގަދަ އަދި އެހާމެ ފޯރިގަދަކޮށް ބޭއްވޭނެ މުބާރާތަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އަހަރުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" ކެންސަލްވުމާއެކު، ދެން އެންމެ އަވަހަށް އޮންނަ އިވެންޓް ބާއްވާނެ ތަނަކާއި، ތާރީޚެއް އިޢްލާނުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ވެސް އެމްއެސްއޭ އިން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު