ENGLISH

21 އޭޕްރީލު 2025

Advertisement

އުފެއްދުންތެރިކަމުގެ މަޢުރަޒުން ދިވެހި ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް ލިބިގެންދާނެ: ބީސީސީ

18 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ފަންނުގެދަރިން އިވެންޓުގެ ތެރެއިން (ފޮޓޯ/ދައުރު)

"ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025” އިން ދިވެހި ވިޔަފާރިތަކަށް ވަރަށް ގިނަ ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުހައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހި އުފެއްދުންތެރިކަން ކުރިއަރުވައި، އެ ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ހޯއްދަވައި ދެއްވުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ދިވެހި އުފެއްދުންތެރިންގެ މަސައްކަތް ދައްކާލުމަށް ބާއްވާ މަޢުރަޒެއްގެ އިތުރުން، ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ފުރުޞަތުތަކެއް ފަހި ކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މަޢުރަޒަށް ވެގެން ދާނެކަން ފާހަގަކުރައްވަމުން ޒިޔާއު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ވާދަވެރި ގޮތެއްގައި ބޭއްވޭ މި މަޢުރަޒުގެ ތެރެއިން ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްގީކުރެވޭނެ ގޮތްތައް ފަހި ކޮށްދިނުން ކަމަށެވެ. އަދި މި މަޢުރަޒު ވެގެންދާނީ ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާއި ކުދި ވިޔަފާރިތަކާއި އެހެން ވިޔަފާރިތަކާއި ގުޅުވާލަދޭ އަދި ފަންނުވެރިންނާއި ވިޔަފާރިތަކާ ވެސް ގުޅުވާލަދޭނެ ބޮޑު މަޢުރަޒަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާތަނަށް މި މަޢުރަޒުގައި ބައިވެރިވުމަށް 67 ފަރާތަކުން 93 އުފެއްދުން ހުށަހަޅާފައިވާ ކަމަށް ބީސީސީން ވިދާޅުވެއެވެ. އެކި ދާއިރާތަކުން ދިވެހި އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ.

މި މަޢުރަޒު ވެގެންދާނީ ދިވެހި އުފެއްދުންތެރިކަން މުޅި ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުޞަތަކަށް ކަމަށްވެސް ބީސީސީން ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ކުރިއަށްގެންދާ މި މަޢުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ކިޔުންތެރިންގެ ހިޔާލު