ENGLISH

21 އޭޕްރީލު 2025

Advertisement

އަމާޒަކީ 100 ދޯނީގައި ލޮނު ފެނުން މަސް ފިނި ކުރާ ސިސްޓަމް ހަރުކުރުން: ފިޝަރީޒް މިނިސްޓްރީ

18 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

މަސް ދޯނިތަކެއް (ފޮޓޯ/ ދައުރު)

މި ސަރުކާރުގެ އަމާޒަކީ، އާރުއެސްޑަބްލިއު ފައިނޭންސިން ފެސިލިޓީ ޕްރޮޖެކްޓު ނިމޭއިރު 100 ދޯނީގައި އާރުއެސްޑަބްލިއު ސިސްޓަމް ނުވަތަ ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުން ކަމަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށި މި މަޝްރޫއުގެ ދަށުން، މަސް ފިނި ކުރާ ސިސްޓަމް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ ސަބަބުން އެއްގަމުން އައިސް ހޯދުމަށް މަސްވެރިން ކުރަންޖެހޭ މަސައްކަތަށް ބޮޑު ލުޔެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ޑރ. އަމްޒަތު ވިދާޅުވީ މިގޮތުން އައިސް ހޯދުމަށް މަސްވެރިން ކުރަން ޖެހޭ ދިގު ދަތުރަށް މި ނިޒާމުގެ ދަށުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އާރްއެސްޑަބްލިއު ސިސްޓަމްތައް ގާއިމުކުރަން ލޯނަށް އެދޭ ފަރާތްތަކަށް އެސްޑީއެފްސީ މެދުވެރިކޮށް ރަހުނަކާ ނުލާ 100،000 ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ދޫކުރާނެ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑަކާ އެކު 10 އަހަރު ލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު