ENGLISH

21 އޭޕްރީލު 2025

Advertisement

މިދިޔަ 48 ގަޑިއިރުތެރޭ މަސްވެރިންނަށް 2.3 މިލިއަން ރުފިޔާ ދޫކޮށްފި

18 ޖެނުއަރީ 2025

|

ނަޒާހާ އިބްރާހީމް

ރައީސުލްޖުމްހުރިޔާ ޑރ. މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ފާއިތުވި 48 ގަޑިއިރު ތެރޭ މަސްވެރިންނަށް 2.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިފްކޯއިން މިހާރު ވަނީ ރައީސުލްޖުމްހުރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފަށައިފައެވެ.

ވޭތުވެ ދިޔަ 48 ގަޑިއިރު ތެރޭގައި 211 މެޓްރިކު ޓަނުގެ މަސް 56 ދޯންޔަކުން މިފްކޯ އަށް ގަނެފައިވާއިރު، މުޅި ޖުމްލަ 2.3 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާކޮށްފައިވާ ކަމަށް މިފްކޯ އިން މައުލޫމާތު ދެއްވައެވެ.

މަސްވެރިންނަށް ފައިސާ ލިބުން ލަސްވާ މައްސަލައަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޙައްލެއް ހޯއްދަވައިދެވުމުގެ ސަބަބުން މަހަށް ނުކުންނަ ދޯނިފަހަރު ވެސް އަންނަނީ އިތުރުވަމުން ކަމަށް މިފްކޯ އިން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު