ENGLISH
21 އޭޕްރީލު 2025
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އަނެއްކާވެސް ބޮޑު އޮޕަރޭޝަނެއް
18 ޖެނުއަރީ 2025
|
ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން މާލެ ސަރަހައްދުގައި ބޮޑު އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
"އޮޕަރޭޝަން ކުރަނގީ"ގެ ނަމުގައި ފެށި އޮޕަރޭޝަނުގައި، 75 އޮފިޝަލުން ބައިވެރިވާނެ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާ އިން ވިދާޅުވިއެވެ. އޮޕަރޭޝަން ކުރަނގީގެ މި ހަރަކާތް ކުރިޔަށްދާނީ މިއަދު ހެދުނު 8 ފެށިގެން އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ.
މި ޙަރަކާތުގައި މާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅުގައި ވެސް ދާޚިލީ ވުޒާރާ އާއި އިމިގްރޭޝަނުގެ ޓީމުތައް ހަރަކާތްތެރިވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިން ސްކްރީންކުރުމުގެ މަސައްކަތް އެ ވުޒާރާގެ އެންޓިޓިޕް އޮފީހުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.
މިހާތަނަށް އަށާރަ ހާހަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށާއި، އަދި 194 ރަށެއްގައި މި މަސައްކަތް ފަށައި 50 ރަށެއްގައި މި މަސައްކަތް ނިންމާފައިވާ ކަމަށް ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އެ މަޢުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ފަންނިއްޔާތާ ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.