ENGLISH
05 ޖުލައި 2025
މިހާތަނަށް 15 ދިވެހިން އެސްޓޯނިއާގެ އީ-ރެސިޑެންޓުންނަށް ވެއްޖެ
18 ޖެނުއަރީ 2025
|
އެސްޓޯނިއާގެ އީ- ރެސިޑެންޓް ކިޓް: މި ކިޓް 15 ދިވެހިންގެ އަތުގައި މިހާރު އެބައޮތް.
މިހާތަނަށް 15 ދިވެހިން، ރިޕަބްލިކް އޮފް އެސްޓޯނިޔާގެ އީ- ރެސިޑެންޓުންނަށްވެ އެ ޤައުމުގެ ސަރުކާރުން ދޫކުރާ އިލެކްޓްރޯނިކް އައިޑީކާޑު ގެންގުޅޭ ކަމަށް، އެ ޤައުމުގެ ރަސްމީ ފަރާތްތަކުން ވިދާޅުވެއްޖެ އެވެ.
ކޮންމެ ދީނަކަށް، ނަސްލަކަށް އަދި ކޮންމެ ޤައުމަކަށް ނިސްބަތްވާ މީހަކަށް ވެސް އެސްޓޯނިއާގެ އީ - ރެސިޑެންޓަކަށްވެ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ވިޔަފާރި ރަޖިސްޓްރީކުުރުމުގެ ފުރުސަތު ހޯދެއެވެ. އެސްޓޯނިއާގެ އީ- ރެސިޑެންސީ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މިހާތަނަށް 170 ޤައުމެއްގެ 103،000 މީހުން އީ- ރެސިޑެންޓުންނަށްވުމަށް ހުށަހަޅާފައިވާއިރު، 25،000 އަށްވުރެ ގިނަ ކުންފުނި އެސްޓޯނިއާގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.
ޑިޖިޓަލްކޮށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ކުރިއަރާފައިވާ އެސްޓޯނިއާ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ހަފުތާގައި ކުރެއްވި ދަތުރުފުޅުފައި ބައިވެރިވެވަޑައިގަތް، ޓެކްނޮލިޖީގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ، މުޙައްމަދު ޖައިލަމް ވިދާޅުވީ އެސްޓޯނިއާ ގައި ވިޔަފާރީ ރަޖިސްޓްރީކޮށް ޔޫރަޕާއި މުޅި ދުނިޔެއަށް ފުޅާކޮށް ވިޔަފާރި ކުރުމަކީ ކޮންމެ ދިވެއްސަކަށް ވެސް އަދި ޚާއްސްކޮށް ޒުވާނުންނަށް ހުޅުވިފައިއޮތް ފުރުސަތެއް ކަމަށެވެ.
"އެސްޓޯނިއާގައި އެބަ އިނދޭ އެހެން ޤައުމުތަކުގެ ރައްޔިތުން އެސްޓޯނިއާގެ އީ-ރެސިޑެންޓަކަށް ރަޖިސްޓްރީވުމުގެ ޕްރޮގްރާމެއް. މީގެ ދަށުން ރަޖިސްޓްރީވެއްޖެ ކަމަށްވާނަމަ، އެސްޓޯނިއާގައި ކުންފުންޏެއް ރަޖިސްޓާ ކުރެވިދާނެ. އޭގެ ސަބަބަބުން އީޔޫއިން ލިބޭ ތަފާތު އިނާޔަތްތައް އަޅުގަނޑުމެންނަށް ލިބިގެންދާނެ. އަދި އެސްޓޯނިއާއިން ޕާރޓްނާސް ގޮަތަށް އިންވެސްޓަރުން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ،" ޖަވާބު ކޮމްޕެނީގެ ސީއީއޯ ޖައިލަމް ވިދާޅުވިއެވެ.
އެސްޓޯނިއާގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހަވާލާ ދެއްވައި އޭނާ ވިދާޅުވީ 15 ދިވެހިން މިހާތަނަށް އެ ޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު، އެސްޓްނިއާގައި ވިޔަފާރި ހިންގަން ބޭނުންވާ ޓެކްނިކަލް ފަރާތްތަކަށް ވިސާ ދޫކުރުމުގައި ވެސް އެޤައުމުން އިސްކަން ދެއްވާ ކަމަށެވެ.
އެސްޓޯނިއާގެ އީ-ރެސިޑެންސީ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، އީ ރެސިޑެންޓަކަށްވާ ބެނުންވާ ފަރާތަތްކަށް އެކަމަށް އެދި ހުށަހެޅުމުން، ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު އީ-ރެސިޑެންޓް ކިޓެއް ދޫކުރާނެ އެވެ. އެއީ އެސްޓޯނިއާ އާއި އެހެން ޤައުމުތަކަށް ދަތުރުކުރުމަށް ލިބޭ ޕާސްޕޯޓެއް ނޫން ކަމަށް، އެ ވެބްސައިޓުގައި ބުނެފައިވެއެވެ. އީ-ރެސިޑެންސީ ބޮޑަށް ޚާއްސަކޮށްފައިވަނީ މާކެޓިން އާއި ކޮންސަލްޓެންސީ ދިނުމާއި އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ފަދަ ދާއިރާތަކަށެވެ.