ENGLISH
21 އޭޕްރީލު 2025
އެމްޑީޕީން ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުންނަންޖެހޭ ހާލަތެއް ނެތް: މެމްބަރު އަސަދުﷲ
17 ޖެނުއަރީ 2025
|
ގެމަނަފުށީ ދާއިރާގެ މެމްބަރު އައްސަދުﷲ
އިދިކޮޅު އެމްޑީޕީން މި ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް މަގުމައްޗަށް ނުކުންނަންޖެހޭ ސަބަބެއް ނުވަތަ ހާލަތެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ގެމަނަފުށި ދާއިރާގެ މެމްބަރު އައްސަދުﷲ ޝިހާބު ވިދާޅުވެއްޖެ އެވެ.
'އެމްއެމް ޓީވީ'ގެ 'ބޮޑު ޚަބަރު' ޕްރޮގްރާމަށް ވަޑައިގެން ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅުވާ ވާހަކަދައްކަވަމުން އައްސަދުﷲ ވަނީ އިދިކޮޅު އެމްޑީޕީން މި މަހުގެ 31 ގައި މާލޭގެ މަގުތަކަށް ނުކުތުމަށް ނިންމާފައިވާތީ އެކަމާ ގުޅުވައި ވާހަކަދައްކަވާފަ އެވެ. މެމްބަރު ގަބޫލުކުރައްވާ ގޮތުގައި އިދިކޮޅުން ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުންނަންޖެހޭ ހާލަތެއް ނެތެވެ. އިދިކޮޅުން މަގުތަކަށް ނުކުންނަނީ، އައްސަދުﷲ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ އިތުބާރު ހޯދައިގެން މި ސަރުކާރުން ވެރިކަން ކުރަމުންދާތީ އެކަން ހަޖަމު ނުވުމެވެ.
"އަޅުގަނޑަކަށް ނުފެނޭ ހަމަ އެއްވެސް ހާލަތެއް. އެމްޑީޕީން މަގުމައްޗަށް ނުކުންނަންޏާ މަގުމައްޗަށް ނުކުންނަންޖެހޭ ސަބަބެއްގެ ގޮތުގައި އަޅުގަނޑަށް ހަމައެކަނި ފެންނަ ސަބަބަކީ މި ސަރުކާރު ހަމަޖެހިގެން ދިވެހި ރައްޔިތުންގެ އިތުބާރު ހޯދައިގެން ކުރިއަށްދާ މަންޒަރު ފެނިގެން އެބޭފުޅުންނަށް ކެތް ނުކުރެވެނީ،" މެމްބަރު ވިދާޅުވި އެވެ.
އައްސަދުﷲ އެމްޑީޕީ ސިފަކުރެއްވީ "ކޮންމެ ފަދަ ވާހަކައެއް ވެސް" ދައްކާނެ ޕާޓީއެއްގެ ގޮތުގަ އެވެ. އެކަމަށް ބާރު ދެއްވުމުގެ ގޮތުން އޭނާ ފާހަގަކުރެއްވީ، ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކުރުމާ ދެކޮޅަށް އިދިކޮޅުން ދައްކަމުންދިޔަ ވާހަކަތަކެވެ.
"މިއަދު ވެގެން މިއުޅޭ ގޮތަކީ ވޭޕަކީ، އަޅުގަނޑު ކުރިން ދެންނެވިގެން ހަމަ މޭބިސްކަދުރަށް ވެގެން މިއުޅެނީ. އެއީ ކޮންމެހެން ހަމަ ކާންޖެހޭ އެއްޗެއްގެ ގޮތުގައި ޒުވާނުންނަށާއި އެ ބޭނުންކުރަމުންދިޔަ އެންމެނަށް ވިސްނުވައި ދިނުމުގެ މަސައްކަތް އެމްޑީޕީން ކުރަމުންދިޔައީ،" އައްސަދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން އަމަލުކޮށްފައި ވަނީ އެއްވެސް ހަމައެއް ލަމައެއް ނެތި ކަމަށެވެ. އަދި އެކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު މަޝްރޫޢުތައް ހުއްޓިފައި އޮތުން ކަމަށެވެ.