ENGLISH

21 އޭޕްރީލު 2025

Advertisement

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ފާއިތުވި 48 ގަޑިއިރު ތެރޭ މަސްވެރިންނަށް 1.7 މިލިއަން ރުފިޔާ ދޫކޮށްފި

17 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

ދިވެހި މަސްވެރިންތަކެއް މަސް ބާނަނީ.

ރައީސުލްޖުމްހުރިޔާ ޑރ. މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ފާއިތުވި 48 ގަދިއިރު ތެރޭގައި މަސްވެރިންނަށް 1.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯ ވިދާޅުވެއްޖެއެވެ.

މިފްކޯއިން ވަނީ ރައީސުލްޖުމްހުރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޭން ފަށައިފައެވެ.

އެކްސްގައި މިފްކޯއިން ކޮށްފައިވާ ޕޯސްޓް.

ވޭތުވެ ދިޔަ 48 ގަޑިއިރު ތެރޭގައި 153 މެޓްރިކު ޓަނުގެ މަސް ގަނެފައިވާއިރު، މުޅި ޖުމްލަ 1.7 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާކޮށްފައިވާ ކަމަށް މިފްކޯ އިން މައުލޫމާތު ދެއްވައެވެ.

މިފްކޯގެ ތަންތަނަށް މަސް ގަތް ތަފްސީލް:

  • ފެލިވަރު: 58.89 މެޓްރިކް ޓަން
  • ކޫއްޑޫ ފިޝަރީޒް: 131.14 މެޓްރިކް ޓަން
  • އައްޑޫ ފިޝަރީޒް ކޮމްޕެލެކްސް: 20.90 މެޓްރިކް ޓަން

މަސްވެރިންނަށް ފައިސާ ލިބުން ލަސްވާ މައްސަލައަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޙައްލެއް ހޯއްދަވައިދެވުމުގެ ސަބަބުން މަހަށް ނުކުންނަ ދޯނިފަހަރު ވެސް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު