ENGLISH

21 އޭޕްރީލު 2025

Advertisement

މިނިވަންކަން ހިމާޔަތްކުރެވިފައި ކުރިޔަށް ދެވެންޏާ ކޮންމެ ޤައުމަކާއެކުވެސް ގާތް ގުޅުން ބާއްވާނަން: ރައީސް

17 ޖެނުއަރީ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހީނަރުނުވާ ގޮތަށް ހުރިހާ ޤައުމުތަކަކާ އެކު ވެސް ގުޅުން ބަދަހިކޮށް، ދިވެހިންނަށް ފައިދާވާނެ ހުރިހާ މަގެއް ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، އެސްޓޯނިއޯ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައިއެވެ.

ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެން، އެންމެ ފުރަތަމަ ދުވަހުން ފެށިގެން، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ، ރާއްޖޭގެ މަސްލަހަތު ހިމާޔަތްވާ ގޮތަށް ދިވެހިންނަށް އިސްކަން ދިނުމުގެ ސިޔާސަތު ކަމަށެވެ.

ނަމަވެސް، ފައިދާވާ މަގުތައް ބަލައި، ކުރިއަށް ދިޔުމުގައި، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުވުން މުހިންމެވެ.

"އަޅުގަނޑުގެ ޚާރިޖީ ސިޔާސަތު އަބަދުވެސް ހަމަ އެއްގޮތަކަށް މިދަންނަވަނީ ދިވެހިންނަށް އިސްކަން ލިބެންޏާ އަޅުގަނޑުމެންގެ މިނިވަންކަން ހިމާޔަށްވެފައި، އަޅުގަންޑުމެންގެ ރައްކާތެރިކަން ޔަގީންވަންޏާ، މިނިވަންކަމާއި ސިޔާދަތު އަޅުގަންޑުމެންނަށް ކަށަވަރުވާކަމުގައި ވަންޏާ އަޅުގަނޑުމެންނަށް ފައިދާވާ ހުރިހާ މަގުތަކެއް ބަލަން ބޭނުންވޭ،" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، މި އަމާޒަށް ވާސިލުވުމަށް، އެކަން ކާމިޔާބު ކަމާއެކު ކުރަމުންދާ އެސްޓޯނިއާ ފަދަ ގައުމެއްގެ އެހީތެރިކަން ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު