ENGLISH

21 އޭޕްރީލު 2025

Advertisement

ދިވެހިރާއްޖެއާއި އެސްޓޯނިއާގެ ގުޅުމަށް އައު ބާބެއް ފެށިއްޖެ: ރައީސް މުޢިއްޒު

16 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ރައީސް މުޢިއްޒު އެސްޓޯނިއާގެ ރައީސްގެ އަރިހުގައި -- ފޮޓޯ: ރައީސް އޮފީސް

އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު ދިވެހިރާއްޖެ އާއި އެސްޓޯނިއާގެ ގުޅުމަށް އައު ބާބެއް ފެށިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެސްޓީނިއާ ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގައި ޑިޖިޓަލައިޒޭޝަން، ތިމާވެށި އަދި ސިޔާސީ މަޝްވަރާތަކާ ގުޅޭ އެމް.އޯ.ޔޫތަކެއްގައި ސޮއިކުރެވުނެވެ. އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންއަކީ ދުނިޔޭގެ ނަމޫނާއެއް ކަމަށާއި، އެކަމުން ފިލާވަޅު ލިބިގަތުމުގެ ފުރުސަތު ލިބުނުކަން ފާހަގަކުރެއްވިއެވެ.

މި ދަތުރަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ އައު ޒަމާނެއްގެ ފެށުމެއް ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާ ކަރިސްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އެސްޓޯނިއާގެ އިސް ވެރިންނާ ގިނަ ބައްދަލުވުންތަކެއް ބާއްވަވާފައެވެ. މީގެ ތެރޭގައި އެސްޓޯނިއާގެ ރައީސް، ޕާލަމެންޓުގެ ރައީސާއި، ވަޒީރުންނާއި، ޓާޓޫ ސިޓީގެ މޭޔަރު އަދި އެކަޑަމިކް ދާއިރާގެ އިސް ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުންތައް ހިމެނެއެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ރައީސް މުޢިއްޒު އަދި ދިވެހި ވަފުދަށް އެސްޓޯނިއާގެ ސަރުކާރުންނާއި ރައްޔިތުން، ޚާއްޞަކޮށް ރައީސް ޑރ. ކަރިސް ކިޔުއްވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ޑިޖިޓަލް ވެރިކަން ހަރުދަނާކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އިސް އަމާޒެއްކަން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު