ENGLISH

21 އޭޕްރީލު 2025

Advertisement

ރާއްޖޭގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

16 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ބޭރުގެ މަސްބޯޓު ދިވެހި ކޯސްޓްގާޑުގެ ބެލުމުގެ ދަށުގައި-- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤަވާއިދާ ޚިލާފަށް ވަދެ އުޅުނު މަސްބޯޓެއް އަތުލައިގަނެފައިވާކަމަށް ކޯސްޓްގާޑުން ވިދާޅުވެއްޖެއެވެ. 

 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އުޅުނު އެ ބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އެ ބޯޓުގައި 6 ފަޅުވެރިން ތިއްބެވެ.

ކޯސްޓްގާޑުން ބައްލަވަން ޖެހޭ ކަންކަން ބެއްލެވުމަށްފަހު، މިހާރު އެ ބޯޓު ފުލުހުންނާ ހަވާލުކުރައްވާފައެވެ.

ސްރީލަންކާގެ މަސް ބޯޓުތައް ދޭތެރެދޭތެރެއިން ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް ވަދެގެން ހަރަކާތްތެރިވެއެވެ. 

އަދި މިދިޔަ ޑިސެންބަރު މަހުގެ 26ގައި ވެސް މިފަދަ ބޯޓެއް ކޯސްޓްގާޑުން އަތުލައިގަތެވެ. ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި މި މަސް ބޯޓު ހޯދީ އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯންގެ އެހީގައި ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު