ENGLISH
21 އޭޕްރީލު 2025
ފުލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި
16 ޖެނުއަރީ 2025
|
ޝީރީން: ސަސްޕެންޑް ކުރީ 15 ދުވަހަށް
ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފް ސަސްޕެންޑް ކޮށްފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ވިދާޅުވީ އިސް މެޖިސްޓްރޭޓް ޝީރީންއާ ގުޅޭ ގޮތުން ޖޭއެސްސީން ތަހުޤީޤުކުރި މައްސަލަ، ސާބިތުވެފައިވާ ކަމަށެވެ.
މައްސަލައިގެ އިތުރު ތަފުސީލެއް ނުދެއްވައި ޖޭއެސްސީން ވިދާޅުވެފައި ވަނީ އިސް މެޖިސްޓްރޭޓް ޝީރީންއާ ގުޅޭ ގޮތުން ބެލި މައްސަލަ ސާބިތު ވާތީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް، އިއްޔެ އިން ފެށިގެން 15 ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ޖޭއެސްސީން ނިންމަވާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޝީރީންގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 151 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގައި (ހ)ގެ (1) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.1 ވަނަ ނަންބަރާއި، 6.2 ވަނަ ނަންބަރާއި އަދި 6.5 ވަނަ ނަންބަރާ ކަނޑައެޅިގެން ހިލާފު ޢަމަލެއްކަން ސާބިތުވެފައިވާ ކަމަށެވެ.