ENGLISH

21 އޭޕްރީލު 2025

Advertisement

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޓީޗަރަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ

16 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ޕޮލިސް ހެޑް ކުއާޓާޒް: މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން -- ފޮޓޯ: ސޯޝަލް މީޑިއާ

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ސްކޫލެއްގެ ޓީޗަރަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެޑިއުކޭޝަނަ މިނިސްޓްރީން މިއަދު ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑްގެ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް ސްކޫލްގެ ފަރާތުން މިނިސްޓްރީގެ ސަމާލު ކަމަށް ގެެނެސްފައިވާ ކަަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލަހަށް ހުށަހަޅާފައިވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. 

ފުލުހުން ވިދާޅުވީ، މިނިސްޓްރީން ހުށަހެޅި މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. 

ދަރިވަރަކަށް ދިމާވި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، އެފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅަމުންގެންދަވާނެ ކަމަށެވެ. 

އަދި ޒިންމާދާރުކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު