ENGLISH

21 އޭޕްރީލު 2025

Advertisement

ޑޮލަރުގެ ޒަމާންވީ މައްސަލަ ހައްލުކުރުމުގައި ސްޓޭކް ހޯލްޑަރުންގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ބޭނުންވޭ: މެމްބަރު މަމްދޫހު

16 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

މަމްދޫހު އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްއެމްޓީވީ

ޑޮލަރުގެ ޒަމާންވީ މައްސަލަ ހައްލުކުރުމުގައި ސްޓޭކްްްްް ހޯލްޑަރުންގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަމްދޫހު ވިދާޅުވީ ޑޮލަރުގެ ތާށިކަން ނައްތާލުމަށާއި ކަޅުބާޒާރު ނައްތާލައި ދިވެހި ރުފިޔާގެ އަގު މަތިކުރުމަށްޓަކައި ގާނޫނުތަކަށް މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ހެޔޮ އަސަރު ލަސްތަކެއް ނުވެ ދިވެހި ރައްޔިތުންނަށް ފެންނަން ފަށާނެ ކަމަށެވެ. އަދި އެކަން ކާމިޔާބު ކުރުމުގައި ސްޓޭކް ހޯލްޑަރުންގެ އެއްބާރުލެއްވުމަށް ވެސް މަމްދޫހު ވަނީ އެދިވަޑައިގެންފައެވެ. 

"ދިވެހި ރުފިޔާގެ އަގު އަޅުގަނޑުމެން އަރުވަން ބޭނުންވާ ކަމުގައިވަންޏާ ޑޮލަރުގެ ތާށިކަން މިތަނުން ނައްތާލަން ޖެހޭ. އެމަގަށް އަޅުގަނޑުމެންނަށް މިހާރު ގާނޫނަށް މިގެނެވުނު އިސްލާހުތަކާއެކީގަ އެމަގަށް އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ އިގްތިސާދު ހިނގަމުންދާނެ،" މަމްދޫހު ވިދާޅުވިއެވެ. 

"އެހެންވީމަ ކުރިއަށް އޮތް ތަނުގަ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ތަކެތީގެ އަގުވެސް އިރާދަކުރެއްވިއްޔާ ތިރިވެގެންދާނެ. ބޭރަށް ފުރާ ފަރާތްތަކަށް ޑޮލަރު ހޯދުމަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހަމަގައިމުވެސް ހައްލެއް ލިބިގެންދާނެ. އަދި ކުރިއަށް އޮތްތަނުގައި މިގާނޫނު ތަންފީޒުކުރެވި އަދި މިގާނޫނު އިތުރަށް ވަރުގަދަ ކުރެވިގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަމުގައިވާނަމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެއަށް ޒަމާންތަކެއް ވަންދެން މިދިމާވެފަ އޮތް އެންމެ ބޮޑު މައްސަލަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހައްލެއް ލިބިގެންދާނެ. ދިވެހިންގެ ޖީބުތަކަށް ލުއި ވެގެންދާނެ. އެހެންވީމާ މިދެންނެވި ކަންތައްތައް އަޅުގަނޑުމެންނަށް ހާސިލްކުރެވެން މިއަންނަނީ އަޅުގަނޑު ހަމަ ކުރިންވެސް މި ފާހަގަކޮށްލި ފަދައިން ގާނޫނުތައް ވަރުގަދަކޮށްގެން، ގާނޫނުތައް އިސްލާހުކޮށްގެން އަދި ޖުމްލަ ގޮތެއްގައި މިކަންކަމާ ގުޅޭ ސްޓޭކް ހޯލްޑަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ގައުމީ ވިސްނުމެއްގައި ލިބެން ޖެހޭ އެއްބާރުލުމާއި އެހީތެރިކަންވެސް ލިބިގެން."

މަމްދޫހު ވިދާޅުވި ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރަކީ ވަރަށް ޒަމާންވީ މައްސަލައެއް ކަމަށާއި އަދި އެއްވެސް ސަރުކާރަަކަށް މިހާތަަނަށް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތް ކުރެވިފައިނުވާ މައްސަލައެކެވެ. އެހެންނަމަވެސް ދިވެހި ރައްޔިތުންންނަށްޓަކައި ރައީސުލްހޫރިއްޔާ ޑރ. މުޙައްހަމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހާ ގުޅިވަޑައިގެން އެގެންދަވަނީ އެކަންކަން ހައްލު ކުރެއްވުމަށް ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންކަން މަމްދޫހު ފާހަގަ ކުރެއްވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި ބޭރު ފައިސާއާ ބެހޭ ގާނޫނު ރަނގަޅަަށް ތަންފީޒުކޮށް ރައްޔިތުންނަށް ހެވާއި ލާބަ އަދި މަންފާ ހޯއްދަވައި ދެއްވުމުގައި ރައީސް މުޢިއްޒު ފަހަށް ޖެހިވަޑައިނުގަންނަވާނެއެވެ. އެހެންކަމުން އެކަމުގެ ހެޔޮ ބަދަލުތައް ރައްޔިތުންނަށް ލަހެއް ނުވެ އިހްސާސް ކުރެވޭނެ ކަމަށް ވެސް މެމްބަރު މަމްދޫހު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު