ENGLISH

21 އޭޕްރީލު 2025

Advertisement

ސައުދީން ހަދިޔާކުރި ކަދުރު އަންނަ ހަފްތާގައި ބަހަނީ

16 ޖެނުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

ފާއިތުވެދިޔަ އަހަރު ސައުދީން ހަދިޔާކުރި ކަދުރު ބެހުމުގެ ތެރެއިން

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގޭބިސީތަކަށް ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ކަމަށެވެ. ސަޢުދީން މިއަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ. ގޭބިސީތަކަށް ކަދުރު ބަހާނީ އެ ގޭބިސީއެއްގެ ކަރަންޓް މީޓަރުގެ ނަންބަރަށް ބަލައި، ކަދުރާ ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިސްލާމީ މަރުކަޒުގައި ކަމަށެވެ. އަދި ރަށްރަށުގައި ކަދުރު ބަހާނީ ކައުންސިލްތައް މެދުވެރިކޮށެވެ.

މާލޭ ސަރަަހައްދުގައި ކަދުރު ބަހާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ފެބްރުއަރީ 6 ގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރު 1 އާ ހަމައަށެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު، ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ރޯދަމަހު އިފްތާރު ޕްރޮގްރާމް ހިންގާ ޖަމްއިއްޔާ ޖަމާއަތްތަކަށްވެސް ކަދުރު ފޯރުކޮށްދޭން އިސްލާމިކް މިނިސްޓްރީން ނިންމާފައިވެއެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖެހޭނީ މިނިސްޓްރީގައި ނަން ނޯޓުކުރާށެވެ.

މިދިޔަ އަހަރާއި އޭގެ ކުރީގެ އަހަރު ވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ސައުދީން ހަދިޔާކުރި އެވެ. ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗް މަހުގެ ފުރަތަމަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު