ENGLISH
21 އޭޕްރީލު 2025
ސަރުކާރުން މަތީ ތަޢުލީމަށް 1.26 ބިލިއަން ރުފިޔާ ޚަރަދު ކުރި: ޢަބްދުﷲ ނަޒީރު
16 ޖެނުއަރީ 2025
|
މަތީ ތަޢުލީމަށް ސަރުކާރުން 1.26 ބިލިއަން ރުފިޔާ ޚަަރަދުކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕުރޮގުރާމުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ ނަޒީރު ވިދާޅުވީ، ނިމިދިޔަ އަހަރު 192 ކުދިންނަށް ވަނީ ސްކޮލާޝިޕްގެ ފުރުސަތު ފަހިކޮށްދީފައި ކަމަށެވެ.
އަދި އަހަރު ނިމުނު އިރު ސްކޮލާޝިޕްގައި ޖުމްލަ 527 ކުދިން އެކިއެކި ސްކީމްތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާކަން ފާހަގަ ކުރެއްވިއެވެ. ޑޮކްޓަރ ނަޒީރު ވިދާޅުވީ ޖުމްލަ 286 މިލިޔަން ރުފިޔާ މިކުދިންނަށް ދޫކުރެވިފައިވާކަމަށެވެ.
މީގެ އިތުރުން ޑޮކްޓަރ ނަޒީރު ވިދާޅުވީ، 2561 ކުދިން ސަރުކާރުގެ އެހީގެ ދަށުން ފުރަތަމަ ޑިގްރީއަށް ކިޔަވަން ފެށިކަމަށެވެ. އަދި އަހަރު ނިމުނުއިރު ޖުމްލަ 9011 ކުދިން ކިޔަވަމުން ދިޔަ އިރު މި ކުދިންނަށް ސަރުކާރުން 169 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޑޮކްޓަރ ނަޒީރު ފާހަގަކުރެއްވީ، ނިމިދިޔަ އަހަރު 1240 ކުދިން ސަރުކާރުގެ ލޯނު ސްކީމަށް ޝަރުތު ހަމަވެ، ޖުމްލަ 729 ކުދިންނަށް ލޯނު ހަމަޖައްސައިދިން ކަމަށެވެ. އަދި އަހަރު ނިމުނުއިރު ޖުމްލަ 1657 ކުދިން ސަރުކާރުގެ ލޯނުގެ އެހީގައި ކިޔަވަމުންދާ ކަމަށާއި 805 މިލިޔަން ރުފިޔާ އެކުދިންންށް ސަރުކާރުން ޚަރަދު ކޮށްފައިވާ ކަމަށް ވެސް ޑޮކްޓަރ ނަޒީރު ވިދާޅުވިއެވެ.
މިއީ އެއް އަހަރު ތެރޭ އެންމެ ގިނަ ޢަދަދަކަށް ސަރުކާރަކުން މަތީ ތައިލީމަށް ހޭދަކުރެއްވި އަހަރު ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.