ENGLISH

21 އޭޕްރީލު 2025

Advertisement

"ނޫރުލް އަޛާން" މުބާރާތުގެ އޮޑިޝަން އަންނަމަހު ބާއްވަނީ

16 ޖެނުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޭއްވުމަށް ހަމަޖެހިފައިވާ "ނޫރުލް އަޛާން 1446″ ބަންގި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ބާއްވާ އޮޑިޝަން އަންނަމަހު އިސްލާމީ މަރުކަޒުގައި ބާއްވަން ހަމަޖައްސައިފިއެވެ.

މި އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 11 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 40 ފަރާތަކުން ބައިވެރިވެފައިވާއިރު، އޮޑިޝަންގައި ވާދަކުރާނީ ޝަރުތުހަމަވާ 30 ފަރާތަކުންނެވެ.

މިނިސްޓްރީން ވިދާޅުވީ، މި މުބާރާތުގެ މަޤުސަދަކީ ރީތި ރާގުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުން ކަމަށެވެ. އަދި ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަ ކުރުމާއި ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި، މި ފަންނުގެ ރޫޙު އާލާކުރުމާއި ދިރުވުމާއި ކުރުއެރުވުމާއި އަދި މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް މި ދާއިރާގައި އުޅުއްވާ ބޭފުޅުންގެ އަގުވަޒަންކުރުމާއި މުޅި ރާއްޖޭގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރުމެވެ.

މި މުބާރާތުން ވަނަތަކަށް އަންނަ ބައިވެރިންނަށް އިނާމު ދިނުމުގެ އިތުރުން، އަދި މިފެށޭ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު