ENGLISH

21 އޭޕްރީލު 2025

Advertisement

ރައީސްގެ ސިޔާސަތުގެ ދަށުން، ޕްރޮޕޯސަލް ހުށަހެޅި ތިން ރަށެއްގެ ކައުންސިލަށް ފަޅުރަށްތައް ހަވާލުކުރަނީ

16 ޖެނުއަރީ 2025

|

ޢަލީ ޝާހީން

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ކައުންސިލްތަކަށް ފަޅުރަށް ލިބޭ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވި ސިޔާސަތުގެ ދަށުން، ޕްރޮޕޯސަލް ހުށަހެޅި ކައުންސިލްތަކަށް ފަޅު ރަށްތައް ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. 

އެކަން ހާމަކުރެއްވީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން، ރ. އިނގުރައިދޫ ކައުންސިލުން ހުށަހެޅީ އެރަށާ ކައިރީގައި އޮންނަ ނެޔޮ ހޯދުމަށެވެ. ދ. އަތޮޅު ކައުންސިލުން ހުށަހެޅީ އެ އަތޮޅު މިނިމަސްގަލި އަދި ފެންފުށި ހޯދުމަށެވެ. އަދި ލ. މާވަށު ކައުންސިލުން އެދުނީ އެ އަތޮޅު ބޮޑުމާބުޅަލި ހޯދުމަށެެވެ.

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، އެ ތިން ކައުންސިލަށް ފަޅުރަށްތައް ހަވާލުކުރުމުގެ މަސައްކަތް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީއާއި ލޯކަލް ގަވަނަންސް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

އަންނަ ހަފުތާގައި ރައީސް އޮފީހަށް ރިޕޯޓު ހުށަހަޅާނެކަން މިނިސްޓަރު އާދަމް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު