ENGLISH

21 އޭޕްރީލު 2025

Advertisement

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލެއް ނުވޭ: ޚާރިޖީ ވަޒީރު

16 ޖެނުއަރީ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ޙާރިޖީ ވަޒީރު އަބްދުﷲ ޚަލީލް

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލު ނުވާކަމަށް އަދި އ.ދ. ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތަށް ބައްލަވާލެއްވުމުން އެކަން ސާފުވާނެ ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ ޔޫކްރެއިންއަށް ރާއްޖޭގެ ތާއީދު އޮތް ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ހާމަކުރައްވާފައިވާ ކަމަށް ދޭހަވާ ގޮތަކަށް އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުން ބުނުމުން، އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ޔޫކްރެއިން-ރަޝިއާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން ވަކި ކޮޅެއް ނަގައިފައެއް ނުވެއެވެ.

ވަޒީރު ވިދާޅުވެފައިވަނީ ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް ކަމަށާއި، މީގެއިތުރުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ޤައުމަކާ ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށްކަމަށެވެ.

މިޔާއެކު ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ޤައުމަކާއެކީވެސް ގާތް ގުޅުން ބޭއްވުމުގެ މުހިންމުކަންވެސް ވަޒީރުގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު