ENGLISH

05 ޖުލައި 2025

Advertisement

ބްރޯޑްކޮމްއަށް މުހައްމަދު ޢަބްދުﷲ އާއި ސަރާހާތު

16 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ބްރޯޑްކޮމްއަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދެއްވި ދެ ބޭފުޅުން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމުތަކަށް ދެ ބޭފުޅުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ބްރޯޑްކޮމްގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަނުކުރަން ރައިސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތަކުގެ ތެރެއިން ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން ވޯޓަށް އައްސަވައިފަ އެވެ.

އެގޮތުން، ކޮމިޓީ ލިސްޓުގެ އެެއްވަނައިގައި އޮތް އެ ކޮމިޝަންގެ ކުރީގެ މެމްބަރު ސަރާހަތު އިއްޒަތަށް މަޖިލީހުން ރުހުން ދިނުމަށް ފާސްކުރެއްވީ 68 މެމްބަރުންގެ ވޯޓާ އެކު އެވެ. ދެން ވޯޓަށް އެއްސެވި، ލިސްޓުގެ ދެވަނައިގައި އޮތް ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އަށް ރުހުން ދިނުމަށް ފާހެއް ނުވި އެވެ. އެ ކޮމިޝަނަށް އައްޔަނުކުރަން ދެން ފާސްވީ ކޮމިޓީ ލިސްޓުގެ ތިން ވަނައިގައި އޮތް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ އަށެވެ. އޭނާ ބްރޯޑްކޮމްއަށް އައްޔަނުކުރަން ފާސްކުރެއްވީ 58 މެމްބަރުންގެ ވޯޓާ އެކު އެވެ. ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.

ބްރޯޑްކޮމްގެ ދެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ އިތުރުން މެމްބަރު އަލީ ޔޫސުފްގެ މަގާމުގެ ދައުރު މިދިޔަ ޑިސެމްބަރު 5 އަށް ހަމަވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު