ENGLISH
21 އޭޕްރީލު 2025
ދަރިންގެ ޚަރަދު ނުދޭ ބައްޕައިންގެ ނަން ބައެއް ކޯޓުތަކުން ޢާންމުކުރަން ފަށައިފި
16 ޖެނުއަރީ 2025
|
ފެމިލީ ކޯޓު
ދަރިންގެ ޚަރަދު ނުދޭ ބައްޕައިންގެ ނަން ބައެއް މެޖިސްޓްރޭޓް ކޯޓުތަކުން އާންމުކުރަން ފަށައިފިއެވެ.
ދަރިންނަށް ޚަރަދު ނުދޭ މީހުންނަކީ ހުކުމާ އެއްގޮތަށް ސާބިތު ޚަރަދަށް ފައިސާ ނުދައްކާ ބައެއްގެ ގޮތުގައި ކޯޓުތަކުން ބަލައެވެ. އަދި މި ފަރާތްތަކުގެ ވަނަވަރު ހާމަކުރުމަކީ ވެސް ޢާއިލާއާ ބެހޭ ޤަވާއިދުގެ ދަށުން ހުއްދަ ކުރާ ކަމެކެވެ. ނަމަވެސް، މިހާތަނަށް ފެމިލީ ކޯޓުން އެގޮތަށް މީހުންގެ ވަނަވަރު ހާމަކޮށްފައި ނުވި ނަމަވެސް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓާއި ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ވަނީ އެފަދަ ބައެއް ފަރާތްތަކުގެ ވަނަވަރު އާންމުކޮށްފައެވެ.
މިދިޔަ އަންގާރަ ދުވަހު ކުޅުދުއްފުށީ ކޯޓުން ވަނީ ދަރިންގެ ޚަރަދު ނުދައްކާ ފަރާތެއްގެ މަޢުލޫމާތު އާންމުކޮށްފައެވެ. އަދި ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ވެސް ވަނީ މި މަހުގެ 7 ވަނަ ދުވަހު އެފަދަ ފަރާތެއްގެ ވަނަވަރު ޢާންމުކޮށްފައެވެ.
ރާއްޖޭގައި މިހާރު ދަރިންނަށް ޚަރަދު ދިނުމުގެ ޤަވައިދު އޮންނަ ގޮތުން އެންމެ ކުއްޖެއް ހުންނަ ނަމަ މަހަކު 2،000ރ. އަދި އެއްކުއްޖަކަށް ވުރެ ގިނަ ކުދިން ތިބޭނަމަ ކުއްޖަކަށް މަހަކު 1،000ރ. ދިނުން ލާޒިމުކުރެއެވެ.