ENGLISH
03 ފެބްރުއަރީ 2026
އޭސީސީއަށް މެމްބަރުން އައްޔަނުކުރުމުގެ މައްސަލަ މަޖިލީހަށް
16 ޖެނުއަރީ 2025
|
ރައްޔިތުންގެ މަޖިލީހުގެ ތަޅުން (ފޮޓޯ/ ރައްޔިތުންްގެ މަޖިލީސް)
އެންމެ މަޤްބޫލު
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމުތަކަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލިހަށް ދެ ނަމެއް ފޮނުއްވައިފި އެވެ.
އޭސީސީގެ ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށް އައްޔަނުކުރުމަށް ރައީސް ފޮނުއްވެވި ނަންތަކަކީ:
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީ ތަޅުމުގައި އިއްވުމަށްފަހު ރިޔާސަތުން އެ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.
އޭސީސީގެ މެމްބަރުކަމުގެ މަގާމުތައް ހުސްވީ، އެ ކޮމިޝަންގެ ނައިބަކަށް ހުންނެވި އަބްދުއްސަލާމް އާއި މެމްބަރަކަށް ހުންނެވި ތޯހާ މުހައްމަދު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އަބްދުއްސަލާމާއި ތޯހާ މަގާމުން އިސްތިއުފާދެއްވިއިރު މަޖިލީހުގެ ކޮމިޓީން އޮތީ އެ ދެބޭފުޅުން މަގާމުން ވަކިކުރުމަށް ނިންމައިފަ އެވެ.