ENGLISH

21 އޭޕްރީލު 2025

Advertisement

އެޗްއާރުސީއެމްގެ ނައިބަކަށް މޫމިނާ އައްޔަނުކުރަނީ

16 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

އެޗްއާރުސީއެމްގެ މެމްބަރަކަށް މިހާރު ހުންނެވި މޫމިނާ ވަހީދު (ފޮޓޯ/ޕީއެސްއެމް)

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ނައިބު ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މޫމިނާ ވަހީދު އައްޔަނުކުރުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ އެޖެންޑާގެ އެންމެ ފުރަތަމަ މަސައްކަތަކަށް އޮތީ އެޗްއާރުސީއެމްގެ ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ފެށުމެވެ.

އެޗްއާރުސީއެމްގެ ނައިބަކަށް އައްޔަނުކުރުމަށް ރައީސް ހުށަހެޅުއްވި އެ ކޮމިޝަންގެ މެމްބަރު މޫމިނާ ވަހީދަކީ 2020 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަންގެ މެމްބަރެކެވެ.

ރައީސްގެ ސިޓީފުޅު ތަޅުމުގައި އިއްވުމަށްފަހު ރިޔާސަތުން އެ މައްސަލަ ދިރާސާކުރުމަށް ފޮނުއްވީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ.

އެޗްއާރުސީއެމްގެ ނައިބުކަން ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަޙުމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ މޫމިނާގެ އިތުރުން އެ ކޮމިޝަންގެ ރައީސް މަރިޔަމް މުނާއާއި އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުއާއި ސަމާއު އަހުމަދު ނަޖީބް އަދި އިސްމާއީލް ހަބީބެވެ.

ކިޔުންތެރިންގެ ހިޔާލު