ENGLISH
21 އޭޕްރީލު 2025
ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމާ ގުޅޭ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި
16 ޖެނުއަރީ 2025
|
އެގްރޯނެޓުން ދަނދުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ ގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ އާއިއެކު ބޭއްވި ބައްދަލްވުމުގެ ތެރެއިން
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމާއި، އެ ދާއިރާއިން ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން އެގްރޯނެޓުން، ދަނދުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާއާ އެކު މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލްވުން ކުރިޔަށް ދިޔައީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގައެވެ.
މައިގަނޑު ގޮތެއްގައި މި ބައްދަލްވުމުގައި މަޝްވަރާކޮށްފައި ވަނީ ރާއްޖޭގައި އުފައްދާ ކާބޯތެކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުންނެވެ.
މީގެ އިތުރުން ރާއްޖޭގެ ދަނދުވެރިކަމުގެ ސިނާއަތުގައި އުފައްދާތަކެތި މާކެޓްކުރުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
ދަނޑުވެރި މުޖްތަމައުތަކުގެ ޤާބިލްކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، ދަނޑުވެރިންނާއި މާރކެޓްތައް ގުޅުވައިދީގެން ރައްކާތެރި ކާނާގެ ޔަޤީކަން އިތުރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.