ENGLISH

21 އޭޕްރީލު 2025

Advertisement

ހަތަރު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް

16 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

މަޤާމުތަކަށް ބަދަލު ގެެނެވުނު ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ވަޒީރުންގެ މަޖިލީހަށް މިދިޔަ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތަކުގެ ދަށުން އާ މަގާމުތަކަށް އައްޔަނުކުރެވުނު ހަތަރު ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.  

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވަނީ ވަޒީރުންގެ މަޖިލީހަށް ގެނެވުނު ބަދަލުތަކާ ގުޅިގެން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވި ސިޓީ ތަޅުމުގައި އިއްވަވާފަ އެވެ. އެއަށްފަހު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ މައްސަލަ ދިރާސާކުރުމަށް ފޮނުއްވެވީ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ.

ވަޒީރުންގެ މަޖިލީހަށް ރައީސް ގެންނެވި ބަދަލުތައް:

1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ކަމަށް، ތ. ބުރުނި، ނިވައިދޮށުގޭ މޫސާ ޒަމީރު

2. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ކަމަށް، މއ. ވެނީލާގެ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު

3. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ކަމަށް، މއ. މާރާދަގެ ޑޮކްޓަރ މަރްޔަމް މާރިޔާ

4. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް، ގދ. ފިޔޯރީ، ގުލްބަކާގެ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބު

މި ބަދަލުތައް ގެންނެވުމާއެކު، ކުރިން ބޯހިޔާވަހިކަމާއި ޕްލޭނިންގގެ މެންޑޭޓު އޮތް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ވަނީ އުވާލައްވައިފައެވެ. ޕްލޭނިންގެ މެންޑޭޓު ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާއިރު ބޯހިޔާވަހިކަމުގެ މެންޑޭޓު މިހާރު އޮންނަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގަ އެވެ.

ކިޔުންތެރިންގެ ހިޔާލު