ENGLISH

21 އޭޕްރީލު 2025

Advertisement

ރާއްޖޭގައި ހުރި މަތީ ތަޢުލީމްދޭ މަރުކަޒުތަކުގައި ކިޔަވާ ކުދިންގެ ފަސް އިންސައްތަ ބޭރުގެ ކުދިންނަށް ހެދުމަށް ސަރުކާރުން އަމާޒު ހިފައިފި

15 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ރާއްޖޭގައި ހުރި މަތީ ތަޢުލީމްދޭ މަރުކަޒުތަކުގައި ކިޔަވާ ކުދިންގެ ފަސް އިންސައްތަ ބޭރުގެ ކުދިންނަށް ހެދުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ. 

މިކަން ހާމަކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. 

ސްޓޭޓް މިނިސްޓަރ ވިދާޅުވި ގޮތުގައި އެކަމަށް މަގުފަހި ކުރުމަށްޓަކައި ރާއްޖޭން ބޭރުގެ ދަރިވަރުން ރާއްޖެ އައުމުގައި ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށާއި ފަސޭހައިން ރާއްޖޭގައި ތިބެވޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ހަޔައ އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއްދޭ ކަންކަމެވެ. 

އެގޮތުން، ޑރ. ނަޒީރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ފަސް އަހަރުގެ ދައުުރު ނިމޭއިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަތީ ތައުލީމްދޭ މަރުކަޒެއް، ދަނާލާއެކު ގާއިމް ކުރެވިފައި ހުންނާނެ ކަމަށެވެ.  

އޭރުން ރާއްޖެއިން މަތީ ތަޢުލީމާއި ތަމްރީން ލިބިގަތުމަށް ބޭރުން އަންނަ ދަރިވަރުން ބޭނުންވާ މަރުކަޒެއްގައި ފަސޭހަކަމާއެކު ގާއިމްވެ ތިބެގެން އުނގެނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަން ސްޓޭޓް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.  

ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކުގައި ކިޔަވާ ބޭރުގެ ކުދިންގެ އަަދަދު ފަސް އިންސިއްތައާ ހަމައަށް ގެންދެވުމުން، ރާއްޖޭގެ އިގްތިސާދަށް މަތީ ތަޢުލީމުން ހިއްސާކުރާ މިންވަރު މަތިކުރުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. އަދި އެއީ ރައީސް މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަންވެސް ސްޓޭޓް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. 

ރާއްޖޭގައި މިވަގުތު ސަރުކާރުގެ ދެ ޔުނިވަސިޓީއަކާއި ޕްރައިވެޓް 11 ކޮލެޖު އެބަހުއްޓެވެ. މަތީ ތަޢުލީމް ހާސިލްކުރަމުން ގެންދާ ދިވެހި ކުދިންގެ އަދަދު ގާތްގަނޑަކަށް ތޭރަ ހާހަހަށް އަރައެވެ. 

ކިޔުންތެރިންގެ ހިޔާލު